Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

މިއީ ބަރުލަމާނީ ނިޒާމެއް ގެންނަންވީ ވަގުތު: އީވާ

މިއީ ބަރުލަމާނީ ނިޒާމެއް ގެންނަންވީ ވަގުތު: އީވާ

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ މިހާރު އޮތް އިރު، މިއީ ބަރުލަމާނީ ނިޒާމެއް ގެންނަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީ އުފެދިފައި އޮތް ގޮތް ބަދަލު ކުރުމަށް ހުށަހެޅިފައި އޮތް ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ރާއްޖޭގައި މިހައިތަނަށް ތިން ފަހަރެއްގެ މަތީން ވެރިކަން ބަދަލުކޮށްފި ކަމަށާއި މިއީ އެ ކަމުން އިބުރަތް ހާސިލް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ހަމަހިލާ ދިވެހިރައްޔިތުންގެ އެއް ސިޔާސީ ޕާޓީއަކަށް ވެރިކަމެއް ހަވާލެއް ނުކުރި، އެކި ގޮތް ގޮތުން ކޯލިޝަން ހަދައިގެން ވެރިކަމާ ހަވާލުވާން ޖެހިފައި މިވަނީ،" އީވާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އީވާ ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށް ފަހު ދެ އަހަރު ތެރޭގައި ކޯލިޝަން ރޫޅޭ ތަން ނުވަތަ ނުތަނަވަސް ކަމެއް އަންނަ ކަމަށެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް މި ވެރިކަމުގައި އެމްޑީޕީގެ ހިއްސާ އޮތް މިންވަރާ މެދުގައި މާކަ ގަޔާވާ ކަމަކަށް ދެންނެވޭކަށް ނެތް، އެހައި އެމްޑީޕީ ސިފައެއްގައި މި ސަރުކާރު ހިނގާ ކަމަކަށް ދެންނެވޭކަށް ނެތް،" އީވާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރަނީ މި ސަބަބުތަކަށް ޓަކައި ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ ނިޒާމުގައި ކޯލިޝަން ހަދާނީ ރައްޔިތުންގެ ތާއީދު އޮތް މިންވަރަށް ކަން ވެސް ފާހަގަކުރެއްވިއެވެ.

"ވަގުތު ކުޑަތަން ވަނީ،  ވަގުތު ސަލާމަތް ކުރަން އެބަ ޖެހޭ، އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ވަގުތު އަޅުގަނޑުމެން ދިވެހި ރައްޔިތުންނާ ހަމައަށް ގޮސް ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ރައްޔިތުން ގާތު އަހާލާ ވަގުތު އައިސްފި،" އީވާ ވިދާޅުވިއެވެ.

މިއީ ރައްޔިތުންގެ ހަމަޖެހުމަށް އޮތް އެންމެ މޮޅު ގޮތް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް