ގިނަ ދިވެހިން އެދެނީ ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި ބިލާ ގުޅިގެންނެވެ. ތޯރިގް ހުށަހެޅުއްވީ ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަށެވެ.
ނަޝީދު ވިދާޅުވީ މިހައިތަނަށް މަޖިލީހުން ގާނޫނު އަސާސީއަށް ތިން އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެއީ އެސްއީޒެޑް ހެދުމާއި ބިން ވިއްކުމުގެ ހުއްދަ އަނބުރާލުމުގެ އިސްލާހާއި ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ކައުންސިލްތަކުގެ މުއްދަތަށް ގެނެވުނު އިސްލާހު ކަމަށެވެ.
ގާނޫނު އަސާސީއަށް ތަފާތު އެކިއެކި އިސްލާހުތައް ގެނެވިފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ކުރިން ގާނޫނު އަސާސީ ބަދަލު ކުރުމަކީ މިހާރު ކުރެވޭހައި ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމާ އެކު، މިހާރު ވެރިކަން ހިންގަމުން އަންނަ ނިޒާމު ބަދަލު ކުރުމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ.
"މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ރާއްޖޭގެ އެތައް ރައްޔިތުންނަކާއި މަޖިލިސް މެންބަރުން އެދޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ވެރިކަން ހިންގާ ނިޒާމު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅަން ވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ދުފާއެއްޗިސް
ހުރިހާ ދިވެހިން ތިބީ މަޖްލިސްގަތަ.
ވާހަކަ: އިބިލިސް ގެ ޖަލްސާ މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމީ ބޭނުން ކޮންމެ މީހަކަށް ވެރިކަމަށް އާދެވޭނެ ކަމަށެވެ. ރިޔާސަތު ބެލެހެއްޓެވީ ބޮޑު އިބިލީހުގެ ދަރިފުޅު ކުޑަ އިބިލިސް އެވެ. އޭނާގެ ނަމަކީ ބީވާ އެވެ. ބީވާ ބުންޏެވެ. “ކޮބާތަ މަޖިލިސް ރައީސް އިބިލިސް ވީޑްޝީދު؟ އެމަނިކުފާނު ހަމައިގަ ނުހުންނަ ގަޑިތައް ގިނައީ. މިއަދު މެސެޖު ކޮށްފަ އޮތީ ގައުމުގެ ރައީސް އަށް ދެވަނަ ފަހަރަށް ކުރިމަތި ލިޔަދީގެން ނުވާނެ ކަމަށް” ސަބަބެއް ކަމަށް ބީވާ ބުނީ ވީޑްޝީދު ބޭނުންވާ ގޮތަށް ހަރާމް ކަންތައް ހަލާލުކުރަން ރައްޔިތުންނަށް ވަސްވާސް ދިނުމަށް އުނދަގޫވާނެތީއެވެ.
ގިނަދިވެހިން ބޭނުންވިގޮތަށް މިހާރުމިއޮތީ. ބަރުދަމާނީވިއްޔާ ބަރުދަމާނީ، ބަރުނުދަމާނީވިއްޔާ ބަރުނުދަމާނީ
އަންނި އެކަނި ބޭނުން ވާ ގޮތް ތީ