Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އެމްޑީޕީއަށް ތިންވަނަ ވިސްނުމެއް ބޭނުންވޭ، ވެރިކަމަށް ޝާހިދު ރުކުން ހަމަ: ނަޝީދު

އެމްޑީޕީއަށް ތިންވަނަ ވިސްނުމެއް ބޭނުންވޭ، ވެރިކަމަށް ޝާހިދު ރުކުން ހަމަ: ނަޝީދު

އެމްޑީޕީއަށް ތިންވަނަ ފިކުރެއް ބޭނުންވާ ކަމަށާއި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ފުރިހަމަވާ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ރޭ ވިދާޅުވީ، 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝާހިދު ޝައުގުވެރިކަން ފާޅުކުރައްވައި އެކަން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށާއި ނަމަވެސް އެއިރު، އެކަމަށް އެންމެ ރަނގަޅީ، އެއިރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ކަމަށް ޝާހިދު އަރިހުގައި ދެންނެވިކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސައިލެއްވުމަށް ޝާހިދު އަރިހުގައި ދެންނެވިއިރު ވެސް އޭނާއަކީ، ވެރިކަމަށް ވަޑައިގަތުމުގެ ރުކުން ހަމަވާ ބޭފުޅެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"2018ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހައި ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވެރިކަމަށް ރައީސް ޞާލިހު ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި، އެމްޑީޕީން ތިންވަނަ ފަރާތެއް ވެސް ހޯދުމުގެ މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި އެމަނިކުފާނު އެ އިޝާރާތްކުރައްވަނީ ރައީސް ޞާލިހާއި އެ މަނިކުފާނު ނޫން އެހެން ބޭފުޅަކަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް