ޚަބަރު

ހެއްކާ ބެހޭ ބިލުގެ ނާޖާއިޒް ފައިދާ ނަގާ ރައްޔިތުން ޖަލަށް ގެންދާނެ: ޝިޔާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

ނޫސްވެރިންނާއި މީޑިއާތައް ތަމްސީލުލުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލުގެ ނާޖާއިޒް ފައިދާ ނަގާ ރައްޔިތުން ޖަލަށް ގެންދާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ މަލިޖީހުން ފާސްކުރި ބިލަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ، ހެއްކާ ބެހޭ ބިލަށް އިންޑިއާގެ އޯޑަރެއް އައުމާ އެކު، ދިވެހިރާއްޖޭގެ އެޓާނީ ޖެނަރަލް ވަނީ އެ ބިލަށް ފަނަރަ އިސްލާހެއް ހުށައަޅާފައިކަމަށެވެ.

އަދި މި ބިލާ އެކު، އަދި ރައީސް ޞާލިޙް ވަނީ ދިވެހި ރައްޔިތުންނާއި، ނޫސްވެރިންގެ އަސާސީ ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި، ސަރުކާރުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުން ޖަލަށް ލާނެކަަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެއެވެ.

Ads by Ooredoo
  1. ހޮރެން

    މީނާއަކީ ރާހިބަކީތާ! ވާނެ ކަންކަން އެނގެނީ.