ދިވެހި ރުފިޔާގެ ރަސްމީ ނިޝާނަކީ މިއީ

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ތައާރަފްކޮށްފިއެވެ.
މިއީ ދިވެހި ފައިސާގެ ނިޝާނެއް ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ. ދިވެހި ރުފިޔާގެ ނިޝާނަކަށް މިހާތަނަށް ބޭނުންކުރަމުން އައީ "ރ"އާއި އިނގިރޭސި ބަހުން ލިޔާއިރު MVRއެވެ.
އަލަށް ތައާރަފް ކުރެވުނު ނިޝާންގައި ވަނީ "ރ"ގައި އިތުރު ރޮގުބުރިއެއް ދަމައިފައެވެ. އަދި ނިޝާން ބޭނުން ކުރާނީ ހިސާބު އަދަދުގެ ފަހަތަށް ވާ ގޮތަށެވެ.
ދެން ޗާޕް ކުރާ ފައިސާގެ ނޫޓްތަކުގައި މި ނިޝާން ބޭނުން ކުރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކުރެއެވެ.
މި ނިޝާނަކީ ރަސްމީ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިޝާނެއް ފަރުމާކުރަން އެމްއެމްއޭއިން ހުޅުވައިލި ފުރުސަތުގައި ބައިވެރިވި 70 މީހުންގެ ހުށަހެޅުގެ ތެރެއިން ހޮވި ފަރުމާއެކެވެ. މި ނިޝާން ފަރުމާކޮށްފައިވަނީ، ހަސަން ޝުޖާއު، މ. ސްޕޮޓްލައިޓްއެވެ. އޭނާއަށް ވަނީ 20،000 ރުފިޔާގެ އިނާމެއް ދީފައެވެ.






ކޮމެންޓް