Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮޅުވައިލައިގެން ހޯދި އިންކަމް ސަޕޯޓު ފައިސާއިން އަނބުރާ ހޯދުނީ އެންމެ 11 އިންސައްތަ

އޮޅުވައިލައިގެން ހޯދި އިންކަމް ސަޕޯޓު ފައިސާއިން އަނބުރާ ހޯދުނީ އެންމެ 11 އިންސައްތަ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ދޫކުރި އިންކަމް ސަޕޯޓު އެލަވަންސް ފައިސާ އޮޅުވައިލައިގެން ހޯދި މައްސަލައިގައި މިހާތަނަށް އަނބުރާ ހޯދިފައި ވަނީ އެންމެ 11 އިންސައްތަ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ކުޑަކުރި މީހުންނާއި އާމްދަނީ ނުލިބޭ މީހުންނަށް އެހީވާން އިންކަމް ސަޕޯޓު އެލަވަންސް ދޫކުރަން ފަށައިފައި ވަނީ 2020ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

އެހެން ނަމަވެސް، އިންކަމް ސަޕޯޓަށް އެދި ހުށަހަޅައިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސައްހަ ނޫން މައުލޫމާތު ދީގެން، އެ ފައިސާ ނަގާ މައްސަލަތަކެއް ފެންމަތިވެ، ފުލުހުންނަށް ވެސް ހުށަހަޅައިފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އޮޑިޓާ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރުގެ ނިޔަލަށް އާންމުކުރި "ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ޕްރޮޖެކްޓް" އޮޑިޓް ރިޕޯޓުގައި ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ދިން އެލަވަންސްގެ ތެރެއިން 4.97 މިލިއަން ރުފިޔާ އޮޅުވާލައިގެން 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކި ފަރާތްތަކުން ނެގިއެވެ.

2021ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެންސްޕާއިން އިތުރަށް ބެލި ބެލުމުގައި، އޮޅުވައިލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގެ ގޮތުގައި ހޯދައިފައިވެއެވެ.

އެހެން ނަމަވެސް، ފަސް މިލިއަންގެ ތެރެއިން މިހައިތަނަށް ހޯދިފައި ވަނީ އެންމެ ހަ ލައްކަ ރުފިޔާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ އަނބުރާ ހޯދަން ޖެހޭ ފައިސާގެ 11 އިންސައްތައެވެ.

އޮޅުވައިލައިގެން ހޯދި ފައިސާގެ މައްސަލައިގައި ފައިސާ އަނބުރާ ހޯދުން އަވަސްކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް