Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

18ރަށެއްގައި އީދުގައި ހަވާ އަރުވަނީ

18ރަށެއްގައި އީދުގައި ހަވާ އަރުވަނީ
މި އަހަރު އަޟްޙާ އީދާ ދިމާކޮށް، އަތޮޅު ތެރޭގެ 18 ރަށެއްގައި ހަވާ އަރުވައިދިނުމަށް އެދިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފް ތަރުޖަމާނު މިއަދު ވިދާޅުވީ، މި އަހަރުގެ އަޟްހާ އީދުގައި އެމްއެންޑީއެފްގެ އިސް ނެގުމަށް އެއްވެސް ރަށެއްގައި ހަވާއެރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާ ކަމަށެވެ. ހަވާ އެެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެއަށް އެކަންޏެވެ. އަމިއްލަ ފަރާތްތަކުން އެދުމުން އެމްއެންޑީއެފްގެ ސިފްކޯއިން ހަވާ އަރުވައިދެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން އެމްއެންޑީއެފް ސިފްކޯގައި އެދިފައިވާ ކަމަށެވެ. އެއީ؛
  • ހއ.ބާރަށް
  • ހއ.ދިއްދޫ
  • ހއ.ވަށަފަރު ނ.ވެލިދޫ
  • ނ.ހޮޅުދޫ
  • ނ.ފޮއްދޫ
  • ރ.މާކުރަތް
  • ބ.ފުޅަދޫ
  • ބ.ދަރަވަންދޫ
  • ބ.އޭދަފުއްށި
  • ކ.ދިއްފުއްށި
  • ކ.ގުރައިދޫ
  • ކ.ހިއްމަފުއްށި
  • ކ.ގާފަރު
  • އއ.ތޮއްޑޫ
  • އއ.އުކުޅަސް
  • ގދ.ފިޔޯރީ
  • ސ.ހިތަދޫ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް