ދުނިޔެ

ކްއަޑްގެ މަސައްކަތް ހަމައެކަނި އަސްކަރިއްޔާއާ ހަމައިން ނުހުއްޓޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުއަޑް ނުވަތަ ކުއަޑްރިލެޓަރަލް ސެކިއުރިޓީ ޑައިލޮގްގައި ހިމެނެނީ ބޮޑު ހަތަރު، ޑިމޮކްރެޓިކް އިގްތިސާދެއް ކަމަށްވާ އެމެރިކާ، ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާއެވެ.

Ads by WAMCO

މިދިޔަ އަހަރުތަކުގެ ތެރޭގައި ކުއަޑަކީ "އޭޝިއާގެ ނޭޓޯ" ކަމަށް ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ. ނޭޓޯއަކީ ހުޅަނގުގެ އަސްކަރީ އިއްތިހާދެކެވެ. މައިގަނޑު މަސައްކަތަކީ މި އިއްތިހާދުގެ މެންބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމެވެ.

ކްއަޑްގެ މަަސައްކަތާ އެންމެ ދެކޮޅު އެއް ޤައުމަކީ މި ސަރަހައްދުގެ އެހެން ބޮޑު ބާރެއް ކަމަށްވާ ޗައިނާއެވެ. ޗައިނާއިން ދަނީ ކުއަޑްއާ ގުޅުވާ ސަލާމަތީ ކަންބޮޑުވުންތަކާ މެދު ވާހަކަ ދައްކަމުންނެވެ. އަދި އެއީ އަސްކަރީ ބާރެއް ކަމަށް އެ ޤައުމުން ދެކެއެވެ.

އެހެން ނަމަވެސް، ކުއަޑްއަކީ ހަމައެކަނި އަސްކަރީ އެއްބަސްވުމެއް ނޫނެވެ. ކްއަޑްގެ ގައުމުތަކުން ވަނީ ސިއްހީ އަދި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުން ފެށިގެން، މެންބަރު ޤައުމުތަކަށް ދިމާވާ މައްސަލަތަކުގައި އެއް ޤައުމެއް އަނެއް ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

"އެއީ ވަކި މެންޑޭޓެއް ނެތުމުން، އެމީހުންނަށް އިގްތިސާދީ ނުވަތަ ދުނިޔެ ހޫނުވުމުގެ މައްސަލަތައް ވެސް ކުއަޑްގެ މެންޑޭޓްގެ ބަޔަކަށް ހަދައިލެވޭނެ،" ސީއެންބީސީ އިންޓަނޭޝަނަލްގެ ޑިޖިޓަލް މެނޭޖިން އެޑިޓަރު ކްއަޑްގެ މުސްތަގުބަލާ ބެހޭ ބެހޭ ގޮތުން ވިދދާޅުިއެވެ.

ކްއަޑްގެ މިހާރުގެ މަޤްސަދަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއިން އަތްގަދަ ކުރަން އުޅޭ އުޅުމަށް އެއްވަރެއްގެ ރައްދެއް ދިނުމެވެ. މިގޮތުން ކްއަޑްގެ ޤައުމުތަކުންދަނީ މި ސަރަހައްދުގެ ޤައުމުތަކުގައި ޗައިނާއެކޭ އެއްފަދައިން ތަރައްޤީގެ މަޝްރޫއުތައް ހިންގާ، އެ ޤައުމުތަކުގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސަރަހައްދަކީ ހަމަޖެހުމާއި، ސަރަހައްދީ ތަރައްޤީ ގެނެސްދިނުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!