ތައިރޮކްސިން ބޭނުންކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި

ތައިރޮކްސިން ސޯޑިއަމްގެ ކައުންޓަފިޓް ބޭހެއް ދައުރުވަމުންދާތީ ސަމާލުވާން ހެލްތު މިނިސްޓްރީން އަންގައިފިއެވެ.
އިންޑިއާގެ އެކްމޭ ޖެނެރިކްސް އެލް.އެލް.ޓީ ކުންފުނިން އުފައްދާ މި ބޭހަކީ ތައިރޮޑް މައްސަލަ ހުންނަ ގިނަ ދިވެހިން ބޭނުން ކުރަމުން އަންނަ ބޭހެކެވެ.
ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން ވިދާޅުވީ، ތައިރޮކްސިން ސޯޑިއަމްގެ ތައިރޮނޮމް 100މސގގެ ބޭހުގެ ކައުންޓަރފިޓެއް އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން ދެނެގަނެވިފައިވާ ކަމަށް އަންގައިފައިވާ ކަމަށެވެ.
[caption id="attachment_157013" align="alignnone" width="1008"]<img class="wp-image-157013 size-full" src="https://cdn.dhen.mv/wp-content/uploads/2022/07/photo_2022-07-05-14.23.51.jpeg" alt="" width="1008" height="280" /> ކަްއުންޓަފިޓް ބެޗްގެ ތަފްސީލް[/caption]
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މާކެޓުން ބޭހުގެ ސާންޕަލް ނަގާ ޓްސްޓް ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
އަދި މި ބޭހުގެ ކައުންޓަފިޓް ބެޗުގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށް، އެކަމާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ 7200321 ނަންބަރު ފޯނަށް ގުޅުމަށް އެދެއެވެ.



.jpeg?prefix=media)


ކޮމެންޓް