Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަތިޔާރާ އެކު ސިފައިން ނިކުމެ ހިންގި އޮޕަރޭޝަން ނިންމައިލައިފި

ހަތިޔާރާ އެކު ސިފައިން ނިކުމެ މިއަދު މާލޭގެ ދެ ސަރަަހައްދެއްގައި ހިންގި އޮޕަރޭޝަން ނިންމައިލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ނުރައްކާތެރިކަމަށް ބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ 2 ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާ ގުޅިގެން މިއަދު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން އެ ސަރަހައްދުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީންވުމުން މިހާރު އެ ހަރަކާތް ނިންމައިލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައި ވަނީ ޖަސްޓިސް ބިލްޑިން ހިމެނޭ ސަރަހައްދާއި ޗައިނާގެ އެންބަސީ ހިމެނޭ ސަރަހައްދުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް