ޚަބަރު

ސައީދު ސަރުކާރަށް: ނުވަންޏާ އިސްތިއުފާދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި، މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ޓީ-ޖީއެސްޓީ އަދި ޖީއެސްޓީ ބޮޑު ކުރުމަށް މަސައްކަތް ކުރައްވާކަން މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ، އަންނަ ދައުރަށް މަޖިލިސް ހުޅުވުމުން އެ މަސައްކަތް ކުރައްވާނެ ކަމަށާއި އަންނަ އަހަރު ޖީއެސްޓީ 8 އިންސަތައަށް އަދި ޓީ-ޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައިފައިވާ ކަމަށެވެ.

މިކަމަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ، ބަޖެޓްގެ ދަތި ކަމެއް ނެތޭ ބުނެ ސަރުކާރުން ކުރުމަށް ވިސްނައިފައިވާ ކަމަކީ ރައްޔިތުން ފެލުން ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރަން ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށާއި ބޭރުގެ ދަތުރުތަކަށް ވެސް މިލިޔަނުން ޚަރަދުކުރާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަށާއި ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ބޮޑުކޮށް ޚަރަދު ކުރައްވައިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު ގެންދަވަނީ އިގްތިސާދީ ހާލަތު ރައްޔިތުންނަށް އޮޅުވައިލައްވަމުންނެވެ. އަދި ސަރުކާރަށް ނުވާ ނަމަ އިސްތިއުފާ ދެއްވުމަށް ގޮވައިލެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!