ޚަބަރު

އަމީނީމަގު ފެންވަރު ރަނގަޅަށް ހަދަން ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވި: އަކްރަމް ކަމާލުއްދީން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

މާލޭގެ އެންމެ އަޑި ގުޑަން އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންނުވާ ކަމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ހައުސިން އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by STELCO

'މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް''ގެ ދަށުން އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށާއި އެހެނިހެން ބައެއް މަގުތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އާރްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރުގައެވެ.

ނަމަވެސް ސިޓީ ކައުންސިލުން އާރްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިންގ މިނިސްޓްރީން ވަނީ ހަމަ އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ.

84 މިލިއަނަށް އާރްޑީސީއަށް ބޮޑު އަގުގައި މި މަޝްރޫއު އަލުން ހަވާލުކުރުމުން ސިޓީ ކައުންސިލުން ވަނީ އެކަމުގައި ކޮރަޕްޝަން އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ކަމާލުއްދީން ވިދާޅުވީ މުއިއްޒު ބޭނުންވީ އާދައިގެ ގޮތަކަށް މަގުތައް ހަދަން ކަމަށެވެ. އަދި އެގޮތަށް އެ ކަން ވާން ބޭނުން ނުވާތީއާއި ސިޓީ ކައުންސިލުން އެ މަގު ނުހަދާނެކަން ޔަގީންވުމުން މަސައްކަތް އަތުލީކަމަށް ވިދާޅުވިއެވެ.

"މުއިއްޒު އާރުޑީސީއާ މަޝްވަރާ ވެސް ކުރެއްވީ ވަރަށް އާދައިގެ ގޮތަކަށް މަގު ހަދަން. އެކަމަކު އަޅުގަނޑުމެން ބޭނުމެއްނުވޭ އެގޮތަށް ހަދާކަށް. ދެން މުއިއްޒުއަށް ދެންނެވުމުން ވިދާޅުވީ، ތިމަންނަމެން ކައުންސިލަކީ އެނގެއެއްނޫންހޭ، މިއީ ޕީޕީއެމް ކައުންސިލެކޭ، ބޭނުމެއް ނުވެއޭ އަމީނީ މަގު އެހައި ރަނގަޅު ފެންވަރަކަށް ހަދާކަށް. އަޅުގަނޑުމެންނަށް އެނގިއްޖެ ދެން މި މަގު ނުހައްދަވާނެކަން." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި މި މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެހެން ނަމަވެސް މުއިއްޒު ވަނީ މަސައްކަތް އަތުލައިފައި ވަނީ ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނާ މުޅިން ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތް ހުއްޓުނީ ޕްލޭނިން މިނިސްޓްރީން ފައިސާ ދިނުން ހުއްޓާލުމުން ކަމަށް އޭނާ އިއްޔެ ވިދާޅުވިއެވެ.

Ads by HDC
  1. އަކުރަމް

    އަކުރަމް ކަލޭދުވަހަކުވެސް ތެދެއްބުބުނާނެ އަދި ކަލޭ ތިދައްކާވާހަކަ އެއްވެސް މީހަކުގަބޫލެއްނުކުރާނެ!!!

  2. ޙޮސޭން

    މުއިއްޒު ތިހެން ބުނެފާނެހެން ހާދަހިއެއްނުވެޔޭ. މާލެސަރަހައްދުގަ ރަނގަޅު މަގެއްއޮތިއްޔާ އެމަގެއް ހާދާފައޮތީ ވެސް މުއިއްޒު ނޫންތޯ؟

  3. އަކުރަމު އަކީ ކަޑައެޅިގެން ފާޅުކަން ބޮޑުކޮށް ދޮގުހަދާމީހެށް 34 މިލިޔަނަށް ހަމަޖެހިފައި މަސައްކަތެޢް މިމައްކާރު ގުރޫޕު މަސައްކަތް ވިޔަނުދީހިފެހެއްޓުމަށް ފަހުތިމާމެންގެ ޖީބަށް 50 މިލިޔަން އެޅޭގޮތަށް އާރުޑީސީ އާއި ހަވާލުކުރުމަށްފަހު ނ އަރާއިދެ ހަދާދޮގުނި ކަންބަލާބަލަ