Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޝެފް މަހާއަށް މާސްޓަރ ޝެފްގެ ލަގަބު ލިބިއްޖެ

ޝެފް މަހާއަށް މާސްޓަރ ޝެފްގެ ލަގަބު ލިބިއްޖެ

މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓަރ ޝެފް މަހާ ނަސީރު ވެއްޖެއެވެ.

މަހާއަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީއިން ކަލިނަރީ އާޓްސް އެންޑް ކުއިޒިންއިން ޑިގްރީ ހާސިލް ކުރައްވައިފައިވާ ބޭކަނބަލެކެވެ. އަދި މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާ އަދި ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. މަހާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

50 އަހަރަށް ވުރެ ވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓަރ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީއެވެ. މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ.

Advertisement
Allied — Dhen Online (box)

ވޯލްޑް މާސްޓަރ ޝެފްސް ސޮސައިޓީއަކީ 50 ގައުމެއްގައި 200އަށް ވުރެ ގިނަ މެމްބަރުން ތިބި ޚާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް