Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލައްކައަކަށް ވުރެ ބޮޑު ކޮރަޕްޝަނެއް ހިމެނޭ މިއުޒިކް ޝޯވއެއް ގަމު ކައުންސިލުން ބާއްވާކަމަށް ތުހުމަތުކޮށްފި

ލައްކައަކަށް ވުރެ ބޮޑު ކޮރަޕްޝަނެއް ހިމެނޭ މިއުޒިކް ޝޯވއެއް ގަމު ކައުންސިލުން ބާއްވާކަމަށް ތުހުމަތުކޮށްފި

ކުރިއަށް އޮތް އަޟްހާ އީދުގައި ލ.ގަމުގައި ބާއްވަން ކައުންސިލުން ނިންމައިފައި އޮތް މިއުޒިކް ޝޯއިން ރަށު ކައުންސިލް މެންބަރުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ "ކަޓެއް" ނަގަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު "ދެން"އަށް ލިބިއްޖެއެވެ.

ކަމުގެ މައުލޫމާތު އެނގޭ ނަން ހާމަކުރަން ބޭނުންނުވާ ބޭފުޅުން "ދެން"އަށް މައުލޫމާތު ދެމުން ވިދާޅުވީ ގަމު ކައުންސިލުން ބާއްވަން މަސައްކަތް ކުރާ މިއުޒިކް ޝޯއަށް ކައުންސިލްގެ ބަޖެޓުން ފައިސާ ހަރަދުކުރަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށެވެ.

މާލިއްޔަތު ގާނޫނާއި އަދި ގަވައިދު ވެސް ބުނާ ގޮތުން -/35000 ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ބަޖެޓުން ކުރެވޭނީ އިއުލާންކޮށް، ބިޑްކުރާ އުސޫލުން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކާ މަސައްކަތް ހަވާލު ކޮށްގެންނެވެ. ނަމަވެސް ގަމު ކައުންސިލުން އިއުލާން ކުރުމެއް ނެތި ޝޯގެ އެކި ބައިތައް ބައިބަޔަށް ބަހައިލައިގެން ފައިސާ ނަގަން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied Insurance — Square (box)

މިއުޒިކް ޝޯ ދޭނެ ގްރޫޕް ހޮވީ ވެސް ކޮން އުސޫލަކުން ކިހިނެއްކަން ވެސް ނޭނގޭ ކަމަށާއި އެއީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވިއެވެ.

ގަމު ކައުންސިލްގައި ތިއްބަވާ ހަތް މެންބަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.

ގަމުގެ ޖަމިއްޔާއެއްގެ އިސް ބޭފުޅަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަމު ކައުންސިލުން ވެސް މީގެ ކުރިން ރަށުގައި މިއުޒިކް ޝޯތައް ބާއްވަމުން އަންނަނީ ރަށުގެ ޖަމިއްޔާތަކާ ގުޅިގެން ކަމަށާއި ނަމަވެސް މިއަހަރުގެ ޝޯ ބޭއްވުމުގައި އެއްވެސް ޖަމިއްޔާއެއް ބައިވެރި ނުކުރާކަމަށެވެ.

"ޖަމިއްޔާއެއް ބައިވެރި ނުކުރަނީ ކައުންސިލަރުން ބޮޑު ކަޓެއް ނަގަން ވެގެން. އެއްވެސް ޖަމިއްޔާއެއް މިކަމުގައި ބައިވެރި ކޮށްފިނަމަ ކައުންސިލަރުންނަށް ލިބޭ ބައި ކުޑަވެދާނެތީ މިކަން މިގޮތަށް މިކުރަނީ." މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގަމު ކައުންސިލްގެ ރަސްމީ ބަހެއް ހޯދަން ކައުންސިލްގެ އަޙްމަދު ޒަކީއަށް ގުޅައިލުމުން ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް ހިނގައިފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ

"ނެތް ތިކަހަލަ ވާހަަަކައެއް އަޑު އިވިފައެއް." އީދުގެ ހަރަކާތްތަކަކީ ކުރިން ރޭވިގެން ކުރިޔަށް ގެންދެވުނު ހަރަކާތްތަކެއް ކަމަށް ވިދާޅުވިއެވެ. "އެކި އަހަރު އެކި ގޮތަށް ކައުންސިލްއިން އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ. ކައުންސިލްގެ މި އަހަރުުގެ ބަޖެޓުން ކުރިން ވެސް އީދަށް ޚަރަދު ކުރަން ނިންމައިފައި އޮތީ"

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް