އިތުރު 30 ކަސްޓަމް އޮފިޝަލުން ތަމްރީންވާން އިންޑިއާއަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންޑިޔާގެ ފަރީދާއާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސް (އެން.އޭ.ސީ.އައި.އެން)އަށް ޒިޔާރަތްކުރާ އޮފިސަރުން ފޮނުވައިލުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި، އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރުއާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައިއެވެ.
11އިން 15 ޖުލައި 2022އަށް ކުރާ މި ޒިޔާރަތުގައި 30 ކަސްޓަމްސް އޮފިސަރުން ބަައިވެރިވާނެއެވެ.
މި ދަތުރުގައި ބައިވެރިވާ އޮފިސަރުންނަށް ޕޯސްޓް ކަސްޓަމްސް އޯޑިޓް ހިމެނޭހެން، ކާގޯ ޕްރޮފައިލިންގް އެންޑް ރިސްކް މެނޭޖްމަންޓާ ގުޅޭ ގޮތުން މައުލޫމާތު ދޭނެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ވަޔާއި ކަނޑުގެ ކާގޯގެ ރިސްކް ބޭސްޑް ސިލެކްޓިވިޓީ އަދި ރިސްކް ބޭސްޑް ކޮމްޕްލައަންސް މެނޭޖްމެންޓް ފަދަ ކަމާ ގުޅޭ މަޢުލޫތަކުގެ ވޭދަނަ ސްޓަޑީސް ވެސް ހަދާނެއެވެ.
ހައިކޮމިޝަނަރ މުނު މަހާވަރު ވަނީ ކަސްޓަމްސް އޮފިސަރުންނަށް ބޭނުންވާ މިފަދަ އިތުރު ތަމްރީންތައް މިއަހަރުތެރޭ ބޭއްވުމަށް އިންތިޒާމްކުރެވެމުންދާ ކަމަށް ވިދާޅުވެ، އޮފިސަރުން މިކަމަށް ހުންނަ ޝައުޤުވެރިކަމަށް ތައުރީފް ކުރައްވައިފައެވެ.
އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައިއެވެ. އެގޮތުން މިފުރާ ބެޗް ހިމެނޭހެން 130 ކަސްޓަމްސް އޮފިޝަލުން ވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީންދެވިފައެވެ. އަދި އިތުރު 90 ކަސްޓަމްސް އޮފިޝަލުން ވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައެވެ.