ޚަބަރު

ޒަޚަމްތަކަށް ފަރުވާ ދެނިކޮށް ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެއެވެ.

Ads by MWSC

އޭނާ އަވަހާރަވެފައި ވަނީ، އަވަހާރަކޮށްލަން ދިން ހަމަލާއަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެނިކޮށެވެ. ބަޑި ޖަހައި އަބޭއަށް ހަމަލާދީފައި ވަނީ ޖަޕާނުގެ ރަށެއް ކަމުގައިވާ ނާރާގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ. އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 67 އަހަރުގެ، އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުގެ މަޤާމު ފުރުއްވައިފައިވާ ބޭފުޅާއެވެ. އޭނާ، 2020ވަނަ އަހަރު ބޮޑުވަޒީރުގެ މަޤާމުން ވަކިވެވަޑައިގަތީ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން ކަމުގައި ވިދާޅުވެއެވެ. ނަމަވެސް، އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގައި އޭގެ ފަހުން ވެސް އޭނާ ގެންދެވީ އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.

އަބޭއަށް ހަމަލަދީފައި ވަނީ 41 އަހަރުގެ މީހެއް ކަމަށާއި، ވަގުތުން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައި ޖަޕާނުގެ ފުލުހުން ބުނެއެވެ. އަދި، އަބޭއަށް ހަމަލާ ދިނުމަށް އޭނާ ބޭނުންކޮށްފައި ވަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަތިޔާރެއް ކަމަށް ޤަބޫލު ކުރެވޭ ކަމުގައި ވެސް ފުލުހުން ބުނެއެވެ. އެއީ ނާރާގެ ރައްޔިތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!