Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް އޮފީސް އެއީ މިހާރު ނެތް ތަނެއް: ސައީދު

ރައީސް އޮފީސް އެއީ މިހާރު ނެތް ތަނެއް: ސައީދު
ރާއްޖޭގެ ރައީސް އޮފީހަކީ މިއަދު ނެތް ތަނެއް ކަމަށް ހީވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، ސަރުކާރުން މިދިޔަ މަހު ނަގައިފައިވާ ލޯނުތަކުގެ ތަފްސީލް ބަޔާންކޮށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ. ސައީދު ވިދާޅުވީ ޤައުމު އިޤްތިޞާދު ފުނޑުފުނޑު ވެގެންދާއިރު ވެރިކަން ކުރާ ކޯލިޝަން އޮތީ ކަނު ބަދެވިފައި ކަމަށެވެ. ސަރުކާރުން އިޤްތިޞާދީ އެތައް ގޯހެއް ހަދާއިރު އެމްއެމްއޭއިން އެ ބޭފުޅުންގެ ދައުރު އަދާކުރުމަށް ކެރިގެން ނިކުންނަން ޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.
ބޮޑު ކޯލިޝަން ވަނީ ކަނުބަނދެވިފައި، ގަވަރުނަރަށް ނުފެންނަކަމަށް ހެދިޔަސް، ސަރުކާރުދަނީ މަތިމައްޗަށް ގޯސްހަދަމުން. ގޮން ނުޖައްސަވާ، ފިނޭންސް މިނިސްޓަރ އެއްފަރާތްވެ، މަރުކަޒީބޭންކު އަޅުވެތިކަމުން ސަލާމަތްވެ ބަސްބުނަން ޖެހޭ. ރައީސް އޮފީސް އެއީ މިހާރު ނެތް ތަނެއް.
ސަރުކާރުން މިހައިތަނަށް ނަގައިފައިވާ ލޯނުތަކާ އެކު ދައުލަތުގެ ދަރަނި ވަނީ 100 ބިލިޔަނަށްވުރެ މައްޗަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް