Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލިވާތުބައިގައިގެ މީހުން ފިނި ކޮޓަރީގައި، ދީނީ އިލްމުވެރިން ޖަލު ބަންދުގައި: ޑރ. ޝަހީމް

ލިވާތުބައިގައިގެ މީހުން ފިނި ކޮޓަރީގައި، ދީނީ އިލްމުވެރިން ޖަލު ބަންދުގައި: ޑރ. ޝަހީމް
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއިން ފެންނަ މީހުން ހައްޔަރުނުކުރާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ޢިލްމުވެރިން ކަމުގައިވާ ޝައިޚު އާދަމް ނިޝާންއާއި ޝައިޚު ފަޟްލޫނު މިނިވަންކުރަން ގޮވައިލާ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލެއް ހިންގިކަން ސާބިތުނުވާހައި ހިނދެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ރޫޙާ ޚިލާފުކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ޔޯގާޑޭގެ ޙާދިސާއާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގި ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެ ޙާދިސާގެ އިންޞާފުވެރި ފުރިހަމަ ތަޙުޤީޤެއް ހިންގުން މުހިއްމު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. "ޤައުމުގެ އިޖުތިމާޢީ ފޭރަން ވީދަމުންދާ ލިވާތުބާގައިގެ މީހުން ފިނި ކޮޓަރީގައި ތިބެފައި، ކުށެއް ސާބިތުނުވާ ދީނީ ޢިލްމުވެރިން ވާނުވާގައި ޖަލު ބަންދުގައި ބައިތިއްބަންޖެހެނީ ކޮން ޢަދުލުވެރިކަމަކުން ހެއްޔެވެ؟." ޝަހީމް ވިދާޅުވިއެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ އިރު، އެފަދަ އަމަލު ހިންގާ މަންޒަރު ފެންނަ ތިން ވީޑިއޯއަކާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެންނަ ފޮޓޯއެއް ވެސް މިދިޔަ ހަފުތާގެ ފަހުކޮޅު ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް