ޚަބަރު

ޖޫންމަހު މީރާއަށް ލިބުނު އާމްދަނީ، 2.32 ބިލިއަން ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: މީރާ

ޖޫން 2022ގައި 2.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

Ads by MWSC

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %95.1 އިތުރު އަދަދެކެވެ. އަދި، ޖޫން 2022ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ %74.1 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2021ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ޖޫން 2022ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކްތަކުން އަދި ވިޔަފާރިތަކުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަނެއް ސަބަބަކީ، ޖޫން 2021ގައި އައިސްފައިވާ ޓެކްސް ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކާ ދިމާވުމުގެ ސަބަބުން ޖުލައި 2021އަށް ފަސްކުރުމުގެ ސަބަބުން، ޖޫން 2021ގައި އާންމުކޮށް ލިބެންޖެހޭ އާމްދަނީ ޖުލައި 2021އަށް ފަސްވުމެވެ.

މިދިޔަ ޖޫންމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 846.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 607.18 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 418.56 މިލިއަން ރުފިޔާ، ލޭންޑް އެކިއުޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 154.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 70.83 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 222.54 މިލިއަން ރުފިޔާ (%9.6) ލިބިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!