ރަނިލްގެ ގެކޮޅު ރޯކޮށްލުމުން ނަޝީދު ރަތަށް، ވިދާޅުވީ އެކަމުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް

ލަންކާގެ ހަމަނުޖެހުން ބޮޑުވެ، އެ ޤައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ ގެކޮޅުގައި ރޯކޮށްލުން، ރާއްޖޭގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.
އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާގެ ބޮޑުވަޒީރުގެ މަގާމާ އަލުން ހަވާލުވެވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގައި ތެރޭގައި އެމަގާމުން އިސްތިއުފާ ދެއްވަން ރަނިލް ވަނީ ނިންމަވާފައެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން، އެއްބައިވަންތަ ސަރުކާރެއްގެ ބޮޑު ވަޒީރުގެ ގޮތުގައި ރަނިލް އެ މަގާމަށް ވަޑައިގެންނެވީ މިދިޔަ މޭ 12 ގަ އެވެ. ރަނިލް ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައެވެ.
މި ނިންމެވުން ނިންމެވުމުގެ ކުރިން ލަންކާގައި އިއްޔެ މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުން ވަނީ ރަނިލް އިސްތިފާ ދިނުމަށް ގޮވާލާ. ރަނިލްގެ ގެކޮޅުގައި ރޯކޮށްލާފައެވެ.
މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަނިލް ގެންދަވަނީ ޤައުމުގެ މިސްރާބު ބަދަލުކޮށް، އިޤްތިޞާދީ ފާގަތިކަން ގެނެސްދިނުމަށް ބުރަ މަސަައްކަތްތަކެއް ކުރަވަމުން ކަމަށެވެ. އަދި ރަނިލް ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ މާ ގިނަ ދުވަސް ނުވާ ކަމަށް ވިދާޅުވެ، ރަނިލްގެ ގެކޮޅުގައި ރޯކޮށްލުމުން ވާނެ ފައިދާއެއް ނެތް ކަމަށް ވިދާޅުވިއެވެ.
ލަންކާއަށް ދިމާވެފައި އޮތް ބޮޑުތަދުން އަރައިގަތުމަށް ބޭރު ގައުމުތަކުން އެހީ ހޯދަން މެދުވެރިއެއްގެ ރޯލު އަދާކުރަން މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުގައި އެދުމުން ރައީސް ނަޝީދަށް އެފުރުސަތު ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު ސްރީލަންކާގެ އިގްތިސޯދީ އަދި މާލީ ހާލަތު ހަމައަކަށް އަޅުވައިދެއްވުމަށް އެ ގައުމަށް ވަޑައިގެން މަސައްކަތްތަކެއް ކުރައްވަން އެ ގައުމުގައި ދުވަސްތަކެއް ހޭދަ ކުރެއްވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މަނިކުފާނުގެ ގޮވާލުންތަކަށާއި، އެދިލުންތަކަކަށް ބޭރު ދުނިޔެއިން ވެސް މާ ބޮޑު ސަމާލުކަމެއް އަދި ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ.







ކޮމެންޓް