Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޯދީގެ އީދު ތަހުނިޔާ ދިވެހިންނަށް!

މޯދީގެ އީދު ތަހުނިޔާ ދިވެހިންނަށް!

އިންޑިއާގެ  ބޮޑުވަޒީރު  ނަރެންދުރަ  މޯދީ މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށާއި،  ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަށް ފޮނުވާފައިފިއެވެ.

މިއަދު ފޮނުވި ތަޙުނިޔާގެ މެސެޖުގައި ބޮޑުވަޒީރު މޯދީ ވަނީ ރައީސް ޞާލިޙްގެ ފުރިހަމަ ސިއްޙަތާއި ރާއްޖޭގެ ރައްޔިތުންނަށް ފާޤަތިކަން އެދި ހެޔޮއެދުން ފޮނުވައިފައިއެވެ.

ހަމައެހެންމެ، ބޮޑުވަޒީރު މޯދީ ފޮނުއްވި ތަހުނިޔާގައި، ޑިމޮކްރަސީގެ އަސާސްތަކުގެ މައްޗަށް ލާމެހިފައިވާ އިންޑިއާއާއި  ދިވެހިރާއްޖޭގެ މިގުޅުމަކީ ޙާއްސަ އަދި ޒަމާންވީ ގުޅުމެެއްކަމަށާއި ސަރަޙައްދީ ހަމަޖެހުމަށް އެޅިފައިވާ ބާރެެއްކަމުގައި ފާހަގަކުރައްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް