އާބާދީ އިތުރު ކުރަން ފަށަން ޖެހޭ: އަމްރު

ޖޫން މަހު ރާއްޖޭގައި އުފަންވި ކުދިންގެ ޢަދަދު 300އިން ދަށްކަމަށް ވިދާޅުވެ، އާބާދީ އިތުރުކުރުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ގޮވައިލައްވައިފިއެވެ.
އަމްރު މިކަމަށް ގޮވައިލެއްވީ، ދުނިޔޭގެ އާއިލާތަކުގެ ދުވަހުގެ މުނާސަތުގައި އާރުޑީސީން ކޮށްފައިވާ ޓްވީޓަކަށް ކޮށްފައިވާ ރިޕްލައިއެއްގައެވެ.
އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާ ޕެކްދޭ ތަފާސް ހިސާބުތަކާ އެކު އަމްރު ވިދާޅުވީ، މިދިޔަ ޖޫން މަހު 300 ކުދިން ވެސް އުފަން ނުވާކަމަށެވެ. އެމަހު އުފަންވީ 241 ކުދިންކަމަށް އަމްރު ހިއްސާކުރި ތަފާސް ހިސާބުގައިވެއެވެ. އަމްރު ވިދާޅުވީ ދެކުުނުގައި ކުދީން އުފަންވީ ނިސްބަތް އަދި މާ މަދުކަމަށެވެ.
އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ވަނީ އައިޖީއެމްޗްގައި އުފަންވީ 71 ކުއްޖަކަށާއި ހުޅުމާލެ ހޮސްޕިޓަލްގައި އުފަންވި 15 ކުއްޖަކަށާއި ޓްރީޓޮޕްގައި އުފަންވި 50 ކުއްޖަކަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 37 ކުއްޖަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށާއި ގަމު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 16 ކުއްޖަކަށާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އުފަންވި ނުވަ ކުއްޖަކާއި ފުވައްމުލަކު ހޮސްޕިޓަލްގައި އުފަންވި ހަތް ކުއްޖަކަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށް ހަދިޔާ ދީފައެވެ.






ކޮމެންޓް