އެހީ ޖަމްޢިއްޔާއިން "ޢީދު މީލްސް" ބަހައިފި
![](https://dhen.mv/wp-content/uploads/2020/08/C45AD472-3834-4534-B9DD-59C5A1FA4CE4-850x548.jpeg)
މިއަހަރުގެ އަޟްޙާ ޢީދު ދުވަހާއި ގުޅިގެން އެހީ ޖަމްޢިއްޔާއިން "ޢީދު މީލްސް" ނަމުގައި ކެއުން ބަހައިފިއެވެ.
"ވެލްނެސް އެސޯސިއޭޝަން" އާއި "މަމްސް" އަދި"ބެނެފިޓް" އާއިއެކު އެހީ ޖަމްއިއްޔާއިން ކުރިޔަށް ގެންދިޔަ މިޙަރަކާތުގައި ނިކަމެތި ޢާއިލާތަކަށާއި، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި، ވަގުތީ ބޯހިޔާވަހި ތަކުގައި ތިބި ޢާއިލާތަކަށާއި ޔަޠީމުޚާނާތައް ކަމުގައިވާ "ކުޑަކުދިންގެ ހިޔާ"އަށާއި، "ފިޔަވަތި"ގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށްވެސް "ޢީދު މީލްސް" ބަހާފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
![](https://dhen.mv/wp-content/uploads/2020/08/3233F607-03A3-4700-8E74-700507B9A57A-1024x1024.jpeg)
"މިޙަރަކާތުގައި އަޅުގަނޑުމެން ބެހިން 94 ޕާރުސަލް ، ކޮންމެ ޕާރުސަލެއްގައި 5 މީހަކަށް ކެވޭވަރުގެ ބިރިޔާނި، އަދި 5 މީހަކަށް ވާވަރުގެ ފިހުނު ކުކުޅު ހުންނާނެ. އަދި މީގެ އިތުރުން ކޮންމެ ޕާރުސަލެއްގައި ފޮނި ކެއުމެއްގެ ގޮތުގައި ބޮޑު ޕިރިނީ ތައްޓެއް އޮންނާނެ. އެއީވެސް 5 މީހުނަށް ކޭޓަރ ކުރެވޭވަރު. އެހެންވީމަ އެއީ ގާތްގަނޑަކަށް 470 މީހުންގެ ކެއުން." އެހީ ޖަމްޢިއްޔާގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ ވިދާޅުވިއެވެ.
ކެއުން ތައްޔާރު ކޮށްދެއްވުމުގައި "ޕިކްލްސް" އަދި "އެމްކިޗަން"ގެ އިތުރުން "ބޭކްސް ބައި ފަރާ" އިން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް އެހީ ޖަމްއިއްޔާއިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
"އަޅުގަނޑުމެން އެދުނު އެދުމަކަށް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެފަރާތްތަކުން އެވަނީ ވަރަށް ފެންވަރު ރަނގަޅު މީލްތަކެއް ތައްޔާރު ކޮށްދެއްވާފައި، އެބޭފުޅުންގެ އެއްބާރުލެއްވުން ނުލިބުނުނަމަ މިކަން މިހާ ފުރިހަމަކޮށް ނުދިޔައީސް" އެހީ ޖަމްޢިއްޔާގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ ވިދާޅުވިއެވެ.
![](https://dhen.mv/wp-content/uploads/2020/08/E821F2E8-B9D0-4D95-92AF-BA82702D6B18-1024x1024.jpeg)
އެހީ ޖަމްޢިއްޔާއަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި އެހީ ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ޖަމްޢިއްޔާއެވެ. 2012 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު މިޖަމްޢިއްޔާއިން ވޭތުވެދިޔަ 9 އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނިއްޔަތަށް އެހީ ފޯރުކޮށްދިނުމުގެ އެތައް ޙަރަކާތެއްވަނީ ހިންގާފައެވެ.
Thiyakamuga.eheetherivi.hurihaafaraa.thakah.hithuge.emme fumminun..sukuku adhaakuraa.khaalu.thiyahurihaa.beyfulhunnah maay.alloahu.heyorahumay.lavvaa.sheve.aameen.