ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅުގެ ސަރަހައްދުތަކަށެވެ.
ސަމާލު ނެރެފައިވަނީ މިއަދު 09:00 އިން މެންދުރުފަހު 14:00 އާ ހަމައަށެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށާއި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.