ޚަބަރު ސިޔާސީ

އިންޑިއާގެ މޫނުމަތި ރީތިކުރުމަށް މި ދެ ޕަޕެޓުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ: ސަޢީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ

އިންޑިއާގެ މޫނުމަތި ރީތިކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޮންމެފަދަ ކަމެއް ވެސް ކުރައްވައިފާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވި މައްސަލައިގައި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ގޯޓަބަޔާ ރާއްޖެ ވަޑައިގަތީ ބުދަ ދުވަހުގެރޭ އަސްކަރީ ފްލައިޓެއްގައެވެ.

ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި ގޯޓަބަޔާ ރާއްޖެއިން އެނބުރި ފުރާވަޑައިގަތީ މިއަދު 11:15 ހާއިރުގައެވެ. އޭނާ އެނބުރި ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

ގޯޓަބަޔާއަށް އަލްވަދާޢު ކިޔުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ.

ސަޢީދު މިއަދު ވިދާޅުވީ އިންޑިއާގެ މޫނުމަތި ރީތިކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޮންމެފަދަ ކަމެއް ވެސް ކުރައްވައިފާނެ ކަމަށެވެ. ސަޢީދު އެ ދެ ބޭފުޅުން ސިފަކުރެއްވީ ދެ ޕަޕެޓުންގެ ގޮތުގައެވެ.

ސަޢީދު ވިދާޅުވީ އަވަށްޓެރި ލަންކާގެ 21 މިލިއަން މީހުންގެ މޫނުމަތީ ތަފާއްޔެއް އެ ޖެހީ ހަމައެންމެ ބޭނުމެއްގައި ކަމަށާއި އެއީ އިންޑިއާގެ އެންގުމަށް ކަމަށެވެ.

''އިންޑިއާގެ މޫނުމަތި ރީތިކުރުމަށް މި ދެޕަޕެޓުން (ރޞާލިހާއި، ނަޝީދު) ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ. އަވަށްޓެރި ސްރީލަންކާގެ 21 މިލިއަން މީހުންގެ މޫނުމަތީ ތަފާއްޔެއް އެ ޖެހީ ހަމަ އެންމެ ބޭނުމެއްގަ. އިންޑިއާގެ އެންގުމަށް! މިއީ އަޅުވެތި ސްޓޭޓެއް.'' ސަޢީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވި ގޮތުގައި ‏މި ފެންނަނީ ބީޖޭޕީ ޑައިރެކްޓްކޮށް ރައީސް ޞާލިޙާއި ރައީސް ނަޝީދު އެކްޓްކުރާ އަޑީ ދައުލަތުގެ ސިފަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!