Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ސަރަހައްދުތަކަށް 16:35 އިން ފެށިގެން މިރޭ 20:45 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި, ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދުތަކަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި, ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް