Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން ސިފައިން އެހީތެރިވެއްޖެ

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހުމުން ސިފައިން އެހީތެރިވެއްޖެ

ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން ސިފައިން އެހީވެއްޖެއެވެ.

ސިފައިން ބުނީ ގދ.ކޮޑަގަލާއަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެމީހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ކޮޑަގަލާއަށް ދަތުރުދިޔަ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާ ކަމަށް ސިފައިން ބުނެ އެވެ.

Advertisement
HDC — Sidebar (box)

ސިފައިން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް