އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމުން ކުރީގެ ރައީސް ޑރ.މުޙައްމަދު ޙަސަން މަނިކު ރައްދު ދެއްވައިިފިއެވެ.
ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ހައްޔަރުކޮށްފައިވާއިރު, އެ ދެ ޢިލްމުވެރިން މިނިވަން ކުުރުމަށް ގިނަ ބަޔަކު އަންނަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.
އިމްރާން ރޭ ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ވަޙީދު ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
ފަހަކަށް އައިސް އިމްރާން ދަނީ ޓުވީޓު ކުރައްވަމުންނެވެ. ނަމަވެސް އެއަކަށް މާ ބޮޑު ތަރުހީބެއް ނުލިބެއެެވެ.
އަފްރާޝީމްގެ މަރާއި ގުޅިގެން ވަހީދު ދައްކާފަ ހުރި ވާހަކަތަކާއި ގުޅިގެންއޭނާއާ ސުވާލުކުރަންޖެހޭނެ ޔޫޓިއުބުން އެވާހަކަތައް އެބައިވޭ