Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: އެމްޖޭއޭ

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: އެމްޖޭއޭ

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ހާމަވެގެން ހިނގައްޖެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) ބުނެފިއެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި އެހެން ބުނީ ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް އިއްޔެ އެ ބިލު ތަސްދީޤު ކުރެއްވުމުންނެވެ.

އެކަން ކުށްވެރިކޮށް އެމްޖޭއޭއިން ބުނީ ހެއްކާބެހޭ ބިލު ތަސްދީޤު ކުރެއްވުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މަޢުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި, އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ ކަމުން އެނގިގެންދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައި ކަމަށެވެ.

ހެއްކާބެހޭ ބިލުގައިވާ ގޮތުން ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ކޯޓަށް އެންގިދާނެއެވެ. ރައީސް ބިލު ތަސްދީޤު ކުރެއްވުމުގެ ކުރިން ނޫސްވެރިން ވަނީ އެކަމާ އިހުތިޖާޖު ވެސް ކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް