ޝައިޚް ނިޝާނާއި ޝައިޚް ފަޟްްލޫންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފި

ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ބަންދަށް 16 ދުވަސް އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދުގެ ބަންދަށް 16 ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހު 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ޑޭ ގެ ހަރަކާތް ހިނގަމުންދިޔަ ވަގުތު އެ ތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކުރިއެވެ.
އެ މީހުންގެތެރެއިން ހަ މީހަކު އިއްޔެ ވަނީ ދޫކޮށްލައިފައެވެ. އޭގެ ކުރިން ވެސް އެކަކު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން އިއްޔެ ބުނީ ހަ މީހަކު ދޫކޮށްލީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ޖިނާއީ ތަޙްޤީޤު ހިންގަމުންދާ ކަމަށެވެ.
ބައްޔެއްނު! ކޮބާހޭ ކުޅި ކުޅުނު ބައިގަނޑު…ހައްޔަރު ކޮށްބަލަ.. މާ ތާހިރު ވާނެ