ޚަބަރު ސިޔާސީ

ރައީސް ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވާފައިވާ ބޭފުޅެއްކަމަށް ވިދާޅެއްނުވަން: ޝައިޚް އިލްޔާސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް އިލްޔާސް ޙުސައިން ރައީސް އިބްރާހިމް މުޙއްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމާއެކު. ފޮޓޯ: އައްޑޫ ލައިވް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެއްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުނުވާކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަދާލަތު ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގުރޫޕަކަށް މީހަކު ވަނީ އިލްޔާސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެއްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުވި ޚަބަރު ހިއްސާކޮށްފައެވެ.

އެ ގޮތުން އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އިލްޔާސް ވިދާޅުވީ އެ ޚަބަރުގެ ސުރުޚީއަކީ ތެދެއްކަމަށް ގަބޫލުކޮށްގެން އެ ޚަބަރު ފަތުރާ ފަރާތްތަކުން ތައުބާވާންޖެހޭ ކަމަށެވެ.

އިލްޔާސްގެ ވާހަކައާ ގުޅިގެން ޑރ.މުޙައްމަދު އިޔާޟް އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިލްޔާސްގެ ވާހަކައިގައި ގޯހެއް ނެތް ކަމަށެވެ. އެ ގޮތުން އިލްޔާސް ވިދާޅުވީ އޭނާ ވެސް މި ދައްކަނީ އެ ވާހަކަ ކަމަށާއި, ނަމަވެސް އެއީ ބަޔަކު ހަދައިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އަދި ޚަބަރުގެ ސުރުޚީގައި އޮތް ގޮތަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށެވެ.

ނަމަވެސް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކެމްޕޭނަށް އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގެން އިލްޔާސް ވަނީ ރައީސް ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމަކީ ރަސޫލާ ދުޢާ ދެއްވާފައިވާފަދަ ވެރިން ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!