Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ރައީސަކީ ކުޅިވަރު ކުޅުއްވި, ކުޅިވަރު ރަނގަޅަށް އަންޑަސްޓޭންޑްވާ ބޭފުޅެއްވީމަ ކުޅިވަރު ކުރި އަރުވަނީ : މަހްލޫފް

ރައީސަކީ ކުޅިވަރު ކުޅުއްވި, ކުޅިވަރު ރަނގަޅަށް އަންޑަސްޓޭންޑްވާ ބޭފުޅެއްވީމަ ކުޅިވަރު ކުރި އަރުވަނީ : މަހްލޫފް

ރާއްޖޭގައި ކުޅިވަރުތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްސަ އިސްކަމެއް ދެއްވާތީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

މަހްލޫފު ރައީސަށް ޝުކުރު އަދާކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޚާއްސަ އިވެންޓެއްގައި ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

މަހްލޫފް ވިދާޅުވީ މި ސަރުކާރުގެ 4 އަހަރުތެރޭގައި ކުޅިވަރުގެ ކަންކަމުގައި ގޮތެއް ކިޔާނަމަ 2 އަހަރު މަދުކޮށް ވާހަކަ ދައްކަންޖެހޭ ސަބަބެއް އެބަ އޮތް ކަމަށެެވެ. އެއީ ކޮވިޑްގެ ސަބަބުން އައި ހުއްޓުމުގެ ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ދެ އަހަރުގައި ކުޅިވަރަށް ބޮޑެތި ކަންތައްތަކެއް ކުރެވިފައިވާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.
މަހްލޫފުވަނީ އެ ކަންކަން ފަހިކޮށްދެއްވީތީ ރައީސަށް ޝުކުރު އަދާ ކުރައްވައިފައެވެ.

Advertisement
HDC — Sidebar (box)

މަހްލޫފް ވިދާޅުވީި މި އަހަރަށް އެކަނި ބެލިކަމުގައިވިޔަސް ގާތްގަނޑަކަށް ބައިނަލްއަޤްވާމީ 08 މުބާރާތް ރާއްޖޭގައި ބާއްވާއިރު ބޮޑެތި ޚަރަދުތަކެއް އެބަ ކުރާ ކަމަށެވެ. ބަޖެޓުގެ ދަތިތަކެއް ހުރި ވާހަކަ އެކި ގޮތްގޮތުން އަޑުއިވޭނެ ކަމަށާއި ނަމަވެސް އެކަމުގެތެރެއިން ވެސް ހުރިހާ ގޮތަކުން ރައީސް އެއްބާރުލުންދެއްވާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ ކޮންމެ ފަހަރަކު ރައީސަށް މިކަމުގެ މުހިންމުކަން ބުނެދޭކަށް ނުޖެހޭ ކަމަށާއި, މިކަމުގައި އެހީތެެރިކަން އެ ދެއްވަނީ ކުޅިވަރު ކުޅުއްވި ކުޅިވަރު ރަނގަޅަށް އަންޑަސްޓޭންޑްވާ ބޭފުޅެއްވީމާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެތްލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް