Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލަންކާގެ ރައީސް ކަމަށް ރަނިލް އިންތިޚާބުކޮށްފި

ލަންކާގެ ރައީސްކަމުގެ މަޤާމަށް މި ވަގުތު ބޮޑު ވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިން އިންތިޚާބުކޮށްފިއެވެ. އޭނާ މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ، މިއަދު މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ.

އޭނާ މި މަޤާމަށް އިންތިޚާބުވެފައިވަނީ މަޖިލީހުގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭނާއަށް 134 ވޯޓް ވަނީ ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި އިިދިކޮޅު ކެންޑިޑޭޓް ޑަލަސް އައްލަހަޕެރުމަ އަށް 82 ވޯޓު ލިބިވަޑައިގެންނެވިއިރު އަނޫރާ ކޭ ޑިސަނަޔަކަ އަށް ލިބިވަޑައިގަތީ އެންމެ ތިން ވޯޓެވެ.

ލަންކާގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަވަނީ ޤައުމުން ފިއްލެވުމަށްފަހު އިސްތިއުފާ ދެއްވާފައެވެ. ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން ރައީސްގެ މަޤާމާ ހަވާލުވެ ވަޑައިގަތީ ވެސް ރަނިލްއެވެ.

Advertisement
HDC — Sidebar (box)

ލަންކާގެ މަޝްރަޙް ހޫނުވި ދުވަސްވަރު، ބޮޑު ވަޒީރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ. އަދި ބޮޑު ވަޒީރުގެ އަމިއްލަ ގެކޮޅު ވެސް ވަނީ އެ ޤައުމުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުން އަންދާލާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް