ޚަބަރު ސިޔާސީ

ނިމާލް, ޝައިޚް އިލްޔާސަށް: ފަސާދަކުރާ މީހުން މާފަށް އެދި އަމިއްލައަށް ތައުބާވެބަލަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ނިމާލް އަދި އައްޝައިޚް އިލްޔާސް ޙުސައިން

ނިމާލް, ޝައިޚް އިލްޔާސަށް: ފަސާދަކުރާ މީހުން މާފަށް އެދި އަމިއްލައަށް ތައުބާވެބަލަ

Ads by Sosun Fihaara

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވިފަދަ ވެރިއެއްކަމަށް ވިދާޅުނުވާ ކަމަށާއި, އެ ޚަބަރު ފަތުރާ މީހުން ތައުބާވާންޖެހޭކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވުމުން މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ފާޑުވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އައްޑޫގައި ބޭއްވި ރައީސް ޞާލިޙުގެ ކެމްޕޭނުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައިގައި އިލްޔާސް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމަކީ ރަސޫލާ ދުޢާ ދެއްވިފަދަ ވެރިންކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިލްޔާސް ދާދިފަހުން ވަނީ އެހެން ވިދާޅުވިކަމަށް އިންކާރު ކުރައްވައިފައެވެ.

އިލްޔާސްގެ ވާހަކަތަކާ ގުޅިގެން ނިމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިޚް އިލްޔާސަކީ ވެރިކަމަށް ގެންނަން ބޭނުންވާ މީހާ ގެނައުމަށް ރޮއި ހޭރި, ފަތުވާ ނެރެ, ގައުމު ފަސާދަކޮށްފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން ނިމާލް ވަނީ ހޮހޮޅަ ތަކުގައި ތިބެފައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވުމުން ރައްޔިތުންގެ ބޯ ކައިލަން ނިކުތީތޯ ވެސް އިލްޔާސާ ސުވާލު ކުރައްވައިފައެވެ.

ނިމާލް ވަނީ މާފަށް އެދި އަމިއްލައަށް ތައުބާވުމަށް ވެސް އިލްޔާސަށް ގޮވައިލައްވާފައެވެ. އަދި ބާޒާރުގައި ގަންނަން ލިބޭ ފަތުވާ ދޭ މީހުންނަށް ތައުބާވާކަށް ބުނެއެއްނުދެވޭނެކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!