ދުނިޔެ

އިސްރާއީލްގެ ޗެނަލް 13 ނޫސްވެރިޔާ ވަގަށް މައްކާއަށް ވަދެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކާފަރުން ވަނުން މަނާ، މައްކާއަށް އިސްރާއީލުގެ ނޫސްވެރިޔަކު ވަގަށް ވަދެއްޖެވެ.

Ads by Sosun Fihaara

މައްކާއަށް ވަދެފައިވަނީ އިސްރާއީލުގެ ޗެނަލް13ގެ ނޫސްވެރިއެއް ކަމަށްވާ ގިލް ތަމަރީ ނަމަކަށް ކިޔާ މީހެކެވެ. އެ މީހާއަކީ އެމެރިކާގެ ރައްވެއްސެކެވެ.

ގިލް ތަމަރީ ވަނީ މައްކާއަށް ވަދެ، އަރަފާތް ބިމުގައި ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށްފައެވެ. މައްކާ އަދި މަދީނާއަށް ކާފަރުން ވަނުމަކީ މަނާކަމެކެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އަދި މިމީހާ މައްކާއަށް ވަނުމުގައި އެހީވި ސައުދީ މީހެއް ވަނީ ހައްޔަރުކޮށްފައެވެ.

ގިލް ތަމަރީ ވަނީ ފަހުން މައާފަށް އެދިފައެވެ. އަދި ބުނެފައިވަނީ، އޭނާ ބޭނުންވީ މުސްލިމުންނަށް މުހިންމު ސަރަހައްދެއް ދުނިޔެއަށް ދައްކާލުން ކަމަށް ބުނެފައެވެ.

ގިލް ތަމަރީ ހައްޔަރު ކުރުމަށް ގޮވާލާ މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ޚިޔާލުފާޅު ކުރަމުންނެވެ.

Ads by HDC
  1. ﷲުގުގޔ

    ޣޮވުހުބު