އެމްޑީޕީ ބަލިކޮށް އެމްއެންޕީން ބައި އިލެކްޝަން ކާމިޔާބުކޮށްފި

ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި އެމްޑީޕީ ބަލިކޮށް އެމްއެންޕީން އިންތިޚާބު ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ޝިރުމީނާ ޢަލީއެވެ. އެމްއެންޕީން ވާދަކުރެއްވީ ޚަދީޖާ މުޙައްމަދެވެ.
އެމްއެންޕީގެ ކެންޑިޑޭޓް ޚަދީޖާއަށް ޖުމްލަ 132 ވޯޓު ލިބިލެއްވިއިރު އެމްޑީޕީގެ ކެންޑިޑޭޓު ޝިރުމީނާއަށް ލިބިލެއްވީ 43 ވޯޓެވެ.
އެމްއެންޕީއަކީ މިދިޔަ އަހަރު އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން ވަނީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ށ.ކޮމަންޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް ކާމިޔާބުކޮށްފައެވެ. އެ ޕާޓީން އެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއާއި ޕީޕީއެމް ބަލިކޮށްފައެވެ.