Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިސްލާއީލުން ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފި

އިސްލާއީލުން ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދުކޮށްލައިފި

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން އަތްގަދަކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގައި ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފިއެވެ.

ފަތިހުގެ ވަގުތެއްގައި ނާބުލުސްއަށް އަރައި އިސްރާޢީލުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އިތުރު ހަ މީހަކު ޒަޚަމް ކޮށްލާފައިވާ ކަމުގައި ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

މުސްލިމުންގެ ދެ މީހުން ޝަހީދު ކޮށްލާފައި ވަނީ، ހަނގުރާމަވެރިންތަކެއް ހައްޔަރު ކުރުމުގެ ނަމުގައި ޔަހޫދީ ސިފައިން ނާބުލުސްގެ ގެއަކަށް ވަދެ ހިންގި ރޭޑެއްގެ ތެރެއިން ދިން ހަމަލާތަކެއްގައެވެ. މި ހަމަލާތަކުގައި އެ ގެޔަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

Advertisement
HDC — Sidebar (box)

ފަލަސްތީނުން ވަނީ މި ހަމަލާ ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. ފަލަސްތީނުގެ އިސް އޮފިޝަލެއް ކަމުގައިވާ ޙުސައިން އަލްޝައިޚް ވިދާޅުވީ، ޔަހޫދީންގެ ފައުޖުތަކުން އިތުރު ކުށްތަކެއް ހިންގައި، ފަލަސްތީނުގެ ދެ މުޖާހިދުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި، މިފަދަ ލާއިންސާނީ އަމަލުތަކަށް ޔަހޫދީން ޖަވާބުދާރީ ކުރުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔާހޫދީންގެ ފައުޖުތަކުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގާ މި ފަދަ އުދުވާންތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން އިސްރާޢީލާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވިތާ ގިނަ ގަޑިއިރުތަކެއް ނުވަނީސް، ޔަހޫދީން ވަނީ ޣައްޒާއަށް ބޮން އަޅަން ފަށާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް