އެންމެ ބޮޑު ނުރައްކަލަކީ ޗައިނާއާއި ރަޝިއާ: ޖަޕާނުގެ ދިފާއީ ރިޕޯޓް
ދުނިޔޭގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާއާއި ރަޝިއާ ކަމަށް ޖަޕާނުން ކޮންމެ އަހަރަކު ނެރެމުން އަންނަ ދިފާއީ ރިޕޯޓްގެ މިއަހަރުގެ ރިޕޯޓްގައި ފާހަގަކޮށްފިއެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓްރީން އާންމުކުރި އަހަރީ ރިޕޯޓެއްގައި ރަޝިޔާ އާއި ޗައިނާއަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، ދެ ޤައުމު ގުޅިގެން ހިންގާ ވައިގެ އަދި ކަނޑުގެ ޑްރިލްސް ހިމެނޭ ގޮތަށް އެ ދެ ގައުމުގެ މެދުގައި އަސްކަރީ އެއްބާރުލުން ފުޅާމަވުންދާތީ ޖަޕާނުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ހުކުރު ދުވަހު އާންމުކުރި ރިޕޯޓުގައި ޑިފެންސް މިނިސްޓްރީން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބައިނަލްއަގްވާމީ މުޖުތަމައުއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ހަމަނުޖެހުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަކޮށްފައެވެ.
“އެކާވީސް ވަނަ ގަރުނުގައި އަޅުގަނޑުމެން މިވަނީ މުސީބާތުގެ އާ ދުވަސްވަރަކަށް ވަދެފައި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ. ޔޫކްރޭނަށް ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން ދުނިޔެ ސިއްސައިގެން ދިޔައިރު، ގިނަ އަދަދެއްގެ ކުށެއްނެތް އާންމުންގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި ދުނިޔެ ހިތާމަކުރާ ކަމެއް،” ރިޕޯޓުގައިވެއެވެ.
“ޖަޕާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ޗައިނާއާއި ރަޝިޔާގެ އުޅަނދުތަކާއި މަތިންދާބޯޓުތަކުން ޖޮއިންޓް ހަރަކާތްތައް ހިންގާފައިވާއިރު، އުދުވާނީ ގައުމެއް ކަމަށްވާ ރަޝިޔާއާ ޗައިނާގެ ގުޅުން ފާއިތުވި އަހަރުތަކުގައި ވަނީ ވަރުގަދަވެފަ. މީގެ އިތުރުން ޗައިނާއިން ވަނީ ގަދަކަމުން ޓައިވާން އެއްބައިވަންތަ ކުރުމަށް ފަސްނުޖެހޭނެކަމަށް ބުނުމަކީ ދުނިޔޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް"
ޖަޕާނުން ބުނެފައިވަނީ އެ ޤައުމުން ބޭނުންވަނީ ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމަށެވެ.
ދުނިޔޭގެ ހަމަޖެހުމާއި މަސަލަސްކަން ބޭނުންވާ ބަޔަކު އެމެރިކާ އާއި ގުޅިގެނެއް ނޫޅޭނެ!
ދެވަނަ ބޮޑުހަގުރާ މަޔަށްފަހު ޖަޕާނުންއެމެރިކާ އެއޮތީ ނުފައިބާ .އެމެރިކާއިން ވިއެޓްނާމާއި ޕެނަމާއާއި އަފްގާނިސްތަނާއި އިރާގަށް އަރާ އެތަންތަން ސުންނާފަތި ކޮށްލި ޗައިނާ އިން ހަގުރާމައެއް ނުކުރޭ ދުނިޔޭގެ އެއްވެސް ގައުަކަށް އަރާ ފިހިފާ ވެރިމީހާ ހައްޔަރުކޮށް މަރާފަ ނުވޭ. އެމެރިކާ އިންވަނީ ސައްދާމް މަރާލާ ޕެނަމާގެ ރައީސް ގެންގޮސް އެމެރިކާގެ ޖަލަށް ލާފަ. ރަސިޔާއިން ދެވަނަ ބޮޑުހަގުރާމައިގަ އެރިހާތަނަކުންވަނީ ފައިބާފަ. މިހާރު ޔުކްރައިންގެ ރައީސަކަށް ހުރި ޔަހޫދީ ކަލޭގެ ވެރިކަން ދޫކޮށްލުމުން މިހާރު އެކުރާ ހަގުރާމަވެސް ހުއްޓިދާނެ. ދުނިޔޭގަ އޮތް އެންމެ ބޮޑު ޓެރަރިޓް ޖަމާއަތަކީ އެމެރިކާ.