Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ޝައިޚް ޢަބްދުﷲ, މައުމޫނަށް: ތީ ޢާލިމުން ގެންގުޅޭ އުސްލޫބެއްނޫން, ތީ ޖާހިލުންގެ ބަހަނާ ހުންނަ ގޮތް

ޝައިޚް ޢަބްދުﷲ, މައުމޫނަށް: ތީ ޢާލިމުން ގެންގުޅޭ އުސްލޫބެއްނޫން, ތީ ޖާހިލުންގެ ބަހަނާ ހުންނަ ގޮތް

ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ޙަރާމްކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝަައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޔޯގާއާ ބެހޭ ގޮތުން ރައީސް މައުމޫނު ވިދާޅުވީ އެއީ ޞިއްޙީ އަދި ނަފްސާނީ  ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށާއި, އެއީ ހަރާމްކަމެއްނޫން ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ކޮންމެ ކަސްރަތަކީ ޔޯގާ އެއް ނޫން ކަމަށާއި, އަދި މުޅި ޔޯގާޔަކީ ކަސްރަތެއްވެސް ނޫން ކަމަށެވެ. ޔޯގާތެރޭގައި ކަސްރަތުގެ ބަޔެއް ވެސް ހިމެނިދާ ފަދައިން ބުދައް ސަޖިދަކުރުމަކީ ވެސް ޒާތެއްގެ ކަސްރަތެއް ކަމަށާއި, ނަމަވެސް އެފަދައިން ކުރެވޭ ކަސްރަތަކީ ޝަރީކު ކުރުމަށްވާނެތީ ބުދަށް ސަޖިދަކުރުން ޙަލާލެއް ނުވާނެ ކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

''މިއީ ދީނުގެ ޙުކުމް ބަޔާންކުރުމަށް ޢާލިމުން ގެންގުޅޭ އުސްލޫބެއް ނޫން. މިއީ ޖާހިލުންގެ ބަހަނާ ހުންނަ ގޮތް.'' ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

ޝައިޚް ވަނީ ބަނގުރާއަކީ ބުއިމަކަށްވެގެން
ރިބާއަކީ މުޢާމަލާތަކަށްވާތީ ނުވަަތަ ޒިނޭއަކީ ޖިމާޢުވުމަކަށް ބަލައިގެން ނޫންނަމަ ވައްކަމަކީ އާމްދަނީ ހޯދާ ވަސީލަތަކަށްވާތީ އެކަންކަން ހުއްދަވެގެންވާނެތޯ ސުވާލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް