Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ޒައިދުގެ ރައްދު މައުމޫނަށް: ކަސްރަތު ހުއްދަ, ހިންދޫ ޔޯގާ ޙަރާމް

ޒައިދުގެ ރައްދު މައުމޫނަށް: ކަސްރަތު ހުއްދަ, ހިންދޫ ޔޯގާ ޙަރާމް

ޔޯގާއަކީ ޙަރާމްކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން އައްޝައިޚް ޢަލީ ޒައިދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޔޯގާއަކީ ޙަރާމްކަމެއް ނޫންކަމަށް މައުމޫނު ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ''އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ'' ގެ ނަމުގައި ކަރުދާހެއް އެކުލަވާލައި ޢާންމުކޮށްފައިވަނިކޮށެވެ.

ޔޯގާއާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް މައުމޫނު ރޭ ވިދާޅުވީ އެއީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށާއި, ޔޯގާއަކީ ހަރާމްކަމެއްނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ ކަސްރަތަކަށް ގޮސް ބުދަކަށް ސަޖިދަ ޖަހާ، ރުކޫޢުކޮށެއް ނެހެދޭނެ ކަމަށެވެ. ހަމަ އެގޮތަށް އިރުގެ ކަލާނގެއާއި ގުޅުންނެތް ގޮތަށް ޔޯގާ އެއް ނެހެދޭނެކަން ވެސް ޒައިދު ފާހަގަކުރެއްވިއެވެ.

''ގުޅުން ނެތްގޮތަށް ހަދައިފިނަމަ އެއަކަށް ޔޯގާއެކޭވެސް ނުކިޔޭނެ. އޭރުން އެ ކަމަށް ކިޔާނީ ކަސްރަތޭ. ޔޯގާއެކޭ ނޫން. ކަސްރަތު ހުއްދަ. ހިންދޫ ޔޯގާ ޙަރާމް.'' ޒައިދު ވިދާޅުވިއެވެ.

ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ޒައިދު ވަނީ އެކަމަށް ވެސް ހޫނު ރައްދެއް ދެއްވައިފައެވެ. ވިދާޅުވީ ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް