Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

104 ޢިލްމުވެރިންގެ ބަސް: ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް ރޭވުންތެރި ހަމަހިމޭން ދަޢުވަތެއް ދިނުން

104 ޢިލްމުވެރިންގެ ބަސް: ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް ރޭވުންތެރި ހަމަހިމޭން ދަޢުވަތެއް ދިނުން

ބުޑިސްޓުންނާއި ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް ރޭވުންތެރި ހަމަހިމޭން ދަޢުވަތެއް ދިނުންކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވައި ޢިލްމުވެރިންގެ ގުޅުމުން މިއަދު ޢާންމުކުރި ކަރުދާހުގައި ބުނެފައިވަނީ ކަސްރަތުގެ ނަމުގައި ޔޯގާ ތަޢާރަފު ކުރުމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫންގެ
މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އޭގެ އިތުރުން އެ ދީނަށް މީސްތަކުން ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދަޢުވަތެއް ދިނުމާއި, ރީތި ނަމެއްގައި ރަނގަޅު ޝިޢާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށެވެ.

ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން އިސްލާމީ ދުނިޔޭގައި މުސްލިމުން ދީނާ ދުރުވެފައި ތިބި ނަމަވެސް ގިނަ މުސްލިމުން އަދިވެސް ތިބީ އެބައިމީހުންގެ އަސާސީ ޢަޤީދާގައި ހިފަހައްޓައިގެންނެވެ. އަދި އިސްލާމްދީނުގައި
ކަނޑައަޅުއްވާފައިވާ ބައެއް އަޅުކަންތަކާ ދުރުގައި އުޅުނަސް އެބައިމީހުންގެ ހިތްތަކުން އެހެން ދީންތަކުގެ ފަލްސަފާތަކާއި ރަމްޒުތަކާއި ޝިޢާރުތަކަށް ޖާގައެއް ދޭކަށް މުސްލިމުން ނުރުހޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

''އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި ޔޯގާ ފެތުރުމުގައި ކާމިޔާބު ހޯދި މިންވަރަށް، މުސްލިމުންގެ ތެރޭގައި އެކަން
ކުރުމުގައި އެދެވޭ ކާމިޔާބެއް ހިންދޫންނަށް ލިބިފައެއްނުވޭ.''

ކަރުދާހުގައި ބުނީ ހުޅަނގުގެ ޤައުމުތަކާ ޚިލާފަށް އިސްލާމީ އުންމަތުގައި ރޫޙާނީ ހުސްކަމެއް ނެތިފައިވުމީ އެކަމުގެ
އެއް ސަބަބު ކަމަށެވެ. އަދި އެއްކައުވަންތަ އިލާހެއް ވޮޑިގެންވާކަމާއި އެ އިލާހުގެ ކުޅަދުންވަންތަކަމުން ކައުނު
ހިންގަވާކަމާއި ކައުނީ ހުރިހާ ޙަރަކާތްތަކުން އެ އިލާހުގެ ވުޖޫދިއްޔަތަށް ދަލީލު ކުރާކަން މުސްލިމުން
ދަންނަ ކަމަށާއި މުސްލިމުންގެ ރޫޙަށް އެ ކަންކަމުން ހިތްހަމަޖެހުން ގެނުވާ ކަމަށެވެ.

''ރޫޙާނީ ހުރިހާ ބާރަކީ އެ އިލާހާ ގުޅިފައިވާ ބާރުތަކެއް ކަމަށް މުސްލިމުން އީމާންވޭ.''

އެހެންކަމުން ބާޠިލު ޢަޤީދާތަކެއްގެ މައްޗަށް ބިނާވެފައިވާ ޔޯގާ އިސްލާމުންގެ ތެރޭގައި ފެތުރުމަށް އެ ބައިމީހުން މަސައްކަތްކުރަނީ އޭގައިވާ ޢަޤީދާއާގުޅޭ ބައިތައް ވަންހަނާ ކުރުމަށްފަހު އެއީ ހަމައެކަނި ޖިސްމާނީ ހަށިގަނޑާއި ނަފުސަށް ހުރި ޞިއްޙީ ފަރުވާއެއް ކަމަށް ދައްކައިގެން ކަމަށެވެ.

ޔޯގާގެ ޙުކުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ވެސް ވަނީ ކަރުދާހެއް ޢާންމުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް