ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" ދެން ބުނެބަލަ؟ ނަވަލް ތި ބުނާ މީހަކީ ކާކު؟ " އުމައިރް އަހާލިއެވެ. އޭނާ އިނީ އެއީ ކާކުކަން އެނގެން ކެތް މަދުވެފައެވެ.

Ads by MWSC

" ކައިސަން" ނަވަލް ބުނެލިއެވެ. އެއާއެކު އުމައިރްއަށް އޭނާއާ ދިމާލަށް ބަލާލެވުނީ ގަބޫލުކުރަން ދަތިވެފައި އިނދެއެވެ. ހިތުގައި އުފެދުނު ޝައްކެއްގެ ސަބަބުން އުމައިރްއަށް އިންތަނުން ތެދުވެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ.

****************************

" ވަޓް؟؟ ނަވަލް މޮޔަވީތަ؟ އެއީ ކިހާ ފެންވަރެއްގެ، ކާކު ކަމެއް ނޭނގޭތީތަ ތި އުޅެނީ؟" ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އުމައިރްއަށް ހަރުއަޑުން އަހާލެވުނެވެ. އޭރު އެ އަޑުގައި ތުރުތުރެއް އެކުލެވިފައި ވިއެވެ. އުމައިރްގެ އެ ސުވާލާއެކު ނަވަލްއަށް ބަލާލެވުނީ ހައިރާންވެފައެވެ. ރުޅި އައިސް ރަތްވެފައިވާ އުމައިރްގެ މޫނު ފެނި ނަވަލް ނުތަނަވަސްވިއެވެ.

" ދޮންބެ.. އަހަރ.." ނަވަލް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އުމައިރް އޭނާއާ ދިމާލަށް ކަނާތު އަތް ދަމާލުމާއެކު އެ އެންގީ ހިމޭންވުމަށްކަން ނަވަލް ދެނެގަތެވެ.

" ގަބޫލެއް ވެސް ނުކުރެވުނު. ހައު ކެން ޔޫ ޑޫ ދިސް؟ ދުނިޔޭގަ ފިރިހެނުން ނެތީތަ ނަވަލް އެ ފިރިހެނާގެ ފަހަތުން މޮޔަ ވެގެން ތި ދުވަނީ؟ އަހަރެންގެ ކޮއްކޮއޭ ބުނަން ލަދުވެސް ގަނެއްޖެ". ރުޅިއާއި ހިތާމައިން ފޯވެ ހުރެ އުމައިރް ބުނެލިއެވެ. އޭރު ނަވަލްގެ ލޯ ފެންކަޅި ވެއްޖެއެވެ. މީގެ ކުރިން އެފަދަ ގޮތަކަށް އުމައިރް އޭނާއާ ވާހަކަ ދައްކާފައި ނެތުމުން ނަވަލް ދެރަވިއެވެ. އުމައިރް ކިބައިން މާފަށް އެދެން ހިތަށް އެރި ނަމަވެސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ.

އިތުރު އެއްޗެއް ބުނުމެއް ނެތި ހަރު ހިނގުމެއްގައި ގޮސް އުމައިރް ކޮޓަރިން ނުކުތެވެ. ދޮރު ލެއްޕުނު ބާރު އަޑާއެކު ހަރަކާތް ހުއްޓިފައި އިން ނަވަލްއަށް ސިހުން ގެނުވިއެވެ. ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތަށް އެސްފިޔަތަށް  ފޫ އަޅުވާލުމަށްފަހު ފޭބީ ދެނެވެ. އިހުނަށްވުރެ ބޮޑަށް ހިތުޖެހުފައި އޭނާ އަށް އެ ދިމާލަށް ބަލަން އިނދެވުނީއެވެ. ހަމަ އެއާއެކު ހިތުގައި އުފެދެންފެށީ ސުވާލުތަކެކެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ކައިސަންއާ ދެކެވުނު ވާހަކަތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ. ނަވަލްއަށް ފާހަގަވީ ކައިސަން ދުވަހަކުވެސް އޭނާގެ އާއިލާއާ ބެހޭ ގޮތުން އެއްޗެއް ބުނެފައި ނެތް ކަމެވެ. ކައިސަންގެ ނަން ފިޔަވާ އިތުރު އެއްޗެއް ނަވަލްއަށް ނޭނގޭކަން އޭނާއަށް އިހްސާސް ކުރެވުނީ އަދި ކިރިޔާއެވެ. އެ ހުންނަ އާދަޔާހިލާފު ގޮތް ގަނޑާއިި، މުއްސަނދިކަމަކީ މީގެ ކުރިން އެ ކަންކަމާ މެދު ނަވަލްއަށް ވިސްނިފައި ނެތް ކަންކަމެވެ. އެއަށްވުރެ ބޮޑަށް ނަވަލްއަށް އުނދަގޫ ކުރުވީ ކައިސަންގެ ނަން އިވުމުން އުމައިރްއަށް އައި ބަދަލެވެ. އެ ދެމެދުގައި އޮތީ ކޮން ގުޅުމެއް ބާއޭ ހިތަށްއެރިއެވެ.

ނަވަލްގެ ކޮޓަރިން ނުކުތް ގޮތަށް އުމައިރް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އިށީން ގޮތަށް ކަކުލުގައި އުޅަބޮށި ޖައްސާލަމުން ދެއަތްތިލައިން މޫނު ފޮރުވާލިއެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު އުމައިރް އަތް ނަގާލިއެވެ. ހިޔާލަކަށް ގެއްލިފައި އިނދެ އޭނާއަށް ސިފަކޮށްލެވުނީ މާޒީން ދުވަސްވަރެކެވެ. ނަމަވެސް އުމައިރް ނިކަން އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ. އެ މަންޒަރުތައް ހަނދާން އާ ކުރަން ބޭނުން ނުވާ ފަދައަކުންނެވެ. ހަމަ އެއާއެކު ދެންމެ ނަވަލްއާ ވާހަކަ ދެއްކުނު ގޮތާ މެދު އުމައިރްއަށް ވިސްނާލިއެވެ. އިސްޖަހާލަމުން އޭނާއަށް ލޯ މަރާލެވުނެވެ. ރުޅި އައުމަކީ ހައްލެއް ނޫން ކަމުގައި ބުނެވުނީ ވެސް ހުދު އުމައިރްއަށެވެ. ނަމަވެސް ނަފްސު ކޮންޓްރޯލް ނުކުރެވި އެ ގޮތަށް ނަވަލްއާ ވާހަކަ ދެކެވުމުން އުމައިރްއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ. ކިތަންމެ ރުޅި އައި ކަމުގައި ވިޔަސް އެފަދައިން ވާހަކަ ދެއްކުމުގެ ބަދަލުގައި ނަވަލްއަށް ހަގީގަތް ބުނެދެވުނު ނަމައޭ އުމައިރްގެ ހިތަށް އެރިއެވެ. އެ ފިކުރާއެކު އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ނަމަވެސް ހަގީގަތް ހާމަކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. ބުނެވޭ އެއްޗަކުން ނިއުޅިގެން ދާނީ އެތަށް ބަޔެއްގެ މާޒީއެވެ. އާ ކުރެވޭނީ ހަނދާން ކުރަން ބޭނުން ނުވާ ދުވަސްތަކެވެ. މާޒީއާ އެކުވެ ގޮސްފައިވާ އެ ފަލްސަފާ އަލުން ހުޅުވުމަކީ އޭނާ ބޭނުންވާ ގޮތް ނޫނެވެ.

******************

ކޮޓަރީގައި އިން އަރްހަމްގެ ނަޒަރު އަމާޒުވެފައިވީ ކުރިމަތީ ހުރި ލެޕްޓޮޕުގެ ސްކްރީނަށެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާ ސާއިފްގެ ކޮމްޕެނީއާ ބެހޭ ގޮތުން ލިޔުނު ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މެސެޖް ކޮށްފައި ހުއްޓެވެ. މީގެ ކުރިން އެ މެސެޖްތަށް ބަލަން ޝައުގުވެރިކަން ކުޑަވެފައިވީ ނަމަވެސް މިއަދު އެ މެސެޖުތައް ކިޔާހިތް އޭނާވީއެވެ. އެތަށް ބަޔަކު މުސާރަ ނުލިބި އުޅެމުންދާ ދަތި ހާލު ކިޔައިދީފައި ހުރުމުން އަރްހަމްއަށް އިނދެވުނީ ސާއިފްއާ މެދު ހިތްހަމަ ނުޖެހިފައެވެ.

އަރްހަމްއަށް އެނގޭހާ ވެސް އެއްޗަކީ އޭނާގެ ނޫހުން އެފަދައިން ހަބަރެއް ލިޔަން އިތުރަށް ހުއްދަ ނުދޭނޭ ކަމެވެ. އަދި ލިޔުނު ކަމުގައި ވިޔަސް އޭގެ ސަބަބުން ވަޒީފާއަށް އަންނާނޭ ދަތިކަން އަރްހަމްއަށް އެނގެއެވެ. އޭނާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލަން ނިންމީ އެ ސަބަބާއި ހުރެއެވެ. ހިޔާލަކަށް ގެއްލިފައި އިނދެ އަރްހަމް ފޯނު ނަގައި ގުޅާލީ އަރްޔަންއަށެވެ.

އޭނާ އަރްޔަންގެ ކިބައިން އެދުނީ އަމިއްލަ ނޫހެއް އުފައްދަން އެހީވެދިނުމަށެވެ. އަރްޔަންއަކީ އެފަދަ މަސައްކަތްތަށް ކުރާ ޒުވާނަކަށް ވުމުން އޭނާ މެދުވެރިކޮށް ޕޭޖު ހެދުމުގެ މަސައްކަތް ތަންކޮޅެއް ފަސޭހައިން ކުރެވިދާނެއޭ އަރްހަމްގެ ހިތް ބުނެލިއެވެ.

އަރްޔަންގެ ފޯނު ކޯލު ނިމުމާއެކު އަރްހަމް އަނެއްކާވެސް ލެޕްޓޮޕަށް އޭނާގެ ސަމާލުކަން ހުއްޓާލިއެވެ. ފޭސްބުކް ހުޅުވާލުމަށްފަހު ފުރަތަމަ ވެސް ބަލާލީ އޭނާގެ ކަވަރ ފޮޓޯއެވެ. އެ އާޔަތުން ހިތަށް ލިބިގެން ދިޔަ ހަމަޖެހުމާއެކު އަރްހަމްއަށް ހިނިތުންވެވުނެވެ. ކިތަންމެ ނުތަނަވަސްވެފައި ހުރި ކަމުގައި ވިޔަސް އެ އާޔަތުން ނަފްސަށް ލިބިގެންދާ އިތުބާރާއި، ނުތަނަވަސްކަން ނެތިދާގޮތަކީ އަރްހަމްގެ ހިތަށް ނުހަނު ފިނިކަން ލިއްބައިދޭ ކަމެކެވެ.  އެ އިހްސާސާއެކު އޭނާ ފޯނު ނެގިއެވެ. މަޝްހޫރު ޤާރީ މިޝާރީ ރަޝީދު ޢަލްއަފަސީގެ އަޑުން ކިޔަވާފައިވާ ޤުރުއާނުގެ އާޔަތްތަށް އަޑު އަހަން ފެށުމާއެކު ނުތަވަސްވެފައިވާ އެ ހިތް ވެސް ހަމައަކަށް އެޅިއްޖެއެވެ. ފަހަކަށް އައިސް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް އޭނާ ވީ ފަށައިފައެވެ.  އެކަމަށް ފަރުވާ ކުޑަ ކުރެވޭކަން އިހްސާސް ވުމާއެކު އަރްހަމް މާޔޫސްވިއެވެ. ނަމަވެސް އެކަމުން އޭނާ ހިތްވަރު ލިބިގަނެ އިތުރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅިއެވެ.

އިވެމުން ދިޔަ އާޔަތްތަކަށް ވިސްނަމުން ދަނިކޮށް އަރްހަމްގެ ސަމާލުކަން ހުއްޓުނީ ދެންމެ ކިޔެވިދިޔަ އާޔަތަށެވެ. ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި އަނބިންނާއި ގުޅިގެން އައިސްފައިވާ ވާހަކަތައް އިވުމާއެކު އަރްހަމްގެ ނަފްސަށް ވެރިވީ ހިމޭންކަމެވެ. ހަށިގަނޑު ސީދާ ކޮށްލުމަށްފަހު އަނެއްކާވެސް އެ އާޔަތުގެ މާނަ އޭނާ އަޑު އަހާލިއެވެ. ފިރިހެނުންނަށްޓަކައި އެބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ހެއްކެއްކަމުގައި ވަހީ ކުރައްވާފައި ބަސްފުޅާއި ޖެހިގެން އެ އަނބިންނަކީ ފިރިހެނުންނަށް އެކަބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައި އުފައްދަވާފައިވާ ބައެއް ކަމުގައި އޮތް ބަސްފުޅާ މެދު އަރްހަމް ވިސްނާލިއެވެ. ހަމަ އެއާއެކު ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އޯގާވެރިކަން ލައްވަވާފައިވާ ކަމުގައި ވަހީ ކުރައްވާފައި ވުމުން އަރްހަމްއަށް ކުރެވިގެން ދިޔައީ ތަފާތު އިހްސާސެކެވެ.

އެފަދަ ލޯތްބަކާއި އޯގާތެރިކަމެއް އޭނާ ބޭނުން ވޭތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. ކައިވެންޏާ މެދު ފުންކޮށް ވިސްނާލަން އެ އާޔަތްތަކުން މަޖުބޫރުވި ކަހަލައެވެ. ކައިވެންޏަކީ މަތިވެރި ގުޅުމެކެވެ. އެ ގުޅުމުގައި ލޯބި ނެތިއްޖެނަމަ ދެން ވާނީ ކިހިނެތްތޯ އަރްހަމްގެ ހިތަށް އެރިއެވެ. ލޯބި ނުވެވި އޭނާއަށް އުޅެވިދާނެ ހެއްޔެވެ.

ސިކުނޑި ހާސްކުރުވަމުން ދިޔަ ހިޔާލުތަކާ އެކު އަރްހަމް ދެ ފަރާތަށް ބޯ ހޫރާލިއެވެ. އަތުގައި އޮތް ގަޑިއަށް ބަލާލެވުމާއެކު އަވަސް އަވަހަށް އޭނާ ގޮނޑިން ތެދުވެއްޖެއެވެ. ކައިވެނި ކުރެވެން އުޅޭ އަންހެންކުއްޖާއާ މިއަދު ދިމާވާން ހަމަޖައްސާފައި އޮތްކަން އޭނާ ހަނދާންވީއެވެ. މާ ގިނަ ވަގުތެއް ނެތް ކަމުގައި ވިޔަސް އަރްހަމް ފެންވަރާ ތާޒާ ވެލިއެވެ.

ސިޓިންގްރޫމަށް ނުކުތްއިރު ސޯފާގައި ތިބި އިޔާޒްއާއި އަމަތު ފެނުމުން އަރްހަމް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެވަގުތު ބޭރުން ސަލާމް ގޮވާލި އަޑު އިވުމާއެކު އެ މޫނުގައިވި ހިނިތުންވުން އިހުނަށްވުރެ ފުންވިއެވެ. ފަސްއެނބުރި ބަލާލުމާއެކު ދޮރު މަތީ ތިބި ހުއްބާގެ ކުޑަ ކުޑަ އާއިލާއަށް ސަލާމްގެ ޖަވާބު ދިނެވެ.

" މައި ލިޓްލް ފާޠިމާ". އަރްހަމް ދިޔަ ގޮތަށް ގޮސް އުރާލީ ހުއްބާގެ އުރުގައި އިން ފާޠިމާއެވެ. އޭރު ފާޠިމާ ވެސް އަރްހަމް ފެނިގެން ހެވިފައި އިނެވެ.

ހުއްބާއާއެކު ރައްޔާން އައިސް އިށީނުމުން އަމަތު ވެސް ހުއްބާ ކައިރީ އިށީނެވެ. އަދި މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ. ދެން ދައްކާލީ ފާޠިމާއާ ސަކަރާތް ޖަހަން އިން އަރްހަމްއެވެ.  ދެމައިން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވުމުން އިޔާޒް ވެސް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިތުގައި ނުތަވަސްކަމެއް ވެސް ވިއެވެ. އޭނާ ހޮވާފައި ހުރި އަންހެއްކުއްޖާއާ މެދު އަމަތު މާ ހިތްހަމަޖެހޭނެއޭ އިޔާޒްގެ ހިތް ނުބުނަނީއެވެ. ނަމަވެސް އަމަތުއަކީ ހިތްހެޔޮ އަންހެނެކެވެ. މީހުންނާ މެދު ގޯސްކޮށް ހީ ކުރުމުގެ ބަދަލުގައި އަބަދުވެސް އެ މީހެއްގެ ކިބައިގައިވާ ރަނގަޅު ކަންކަން ބަލައިގަނެ އެ މީހަކާ އެކީ ގުޅިގެން އުޅުމަކީ އަމަތުގެ ގޮތެވެ.

" ދުވަސްކޮޅަކުން ތި ކަހަލަ ދެވަނަ ފާޠިމާއެއް މަންމައަށް ލިބިދާނެ". ހުއްބާ ނުސީދާކޮށް ބުނެލީ ކީކޭކަން އެނގުނު ހިނދު އަރްހަމް ބަލާލީ ދެލޯ ހަނި ކޮށްލަމުންނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އޭނާ އިހްތިޔާރު ކުރީ ހިމޭންކަމެވެ.

" ދާކަށް ނުވޭތަ؟ މިހާރު އެ ކުއްޖާ ބަލާ ހިތުން ކެތްމަދު ވެފަ މި އިނދެވެނީ". އަރްހަމްއަށް ވީ ގޮތް ފެނުމުން އަމަތު އަހާލީ ހެވިފައެވެ. އެހެން ބުނުމާއެކު އިޔާޒު ދާންވީއޭ ބުނެލިއެވެ. އަދި ސޯފާއިން ތެދުވުމާއެކު އޭނާގެ ފަހަތުން އަމަތު ވެސް ތެދުވެ ހިނގައިގަތެވެ.

ހަ މީހުންނަށް އެރޭ ވޭން ދުއްވަން އިނީ އިޔާޒުއެވެ. އެ ވޭނަކީ އޭނާގެ ވިޔަފާރީގެ ބޭނުން ތަކަށް އާންމުކޮށް ބޭނުން ކުރާ ވޭނެއް ނަމަވެސް މިފަދަ ހާލަތްތަކުގައި އޭގެ ބޭނުން ކުރެއެވެ. ވޭނަށް އެރީއްސުރެ ވެސް އަރްހަމް އިނީ ހިޔާލަކަށް ގެއްލިފައެވެ. ބަސްމަދުވެ ހިމޭންވެފައެވެ. ކިތަންމެ ނުވާކަމަށް ހެދުނު ނަމަވެސް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. ވާން އުޅޭ އަނބިމީހާ އަދި ކިރިޔާ ފެންނަން އުޅެނީއެވެ.

ހަފްތާއެއްހާ ދުވަސްކުރިން ކައިވެނި ކުރަން އިޔާޒް ދިން ހިޔާލަށް އަރްހަމް ޖަވާބު ދިނީ މި ކަން މިހާ އަވަހަށް ވާނޭ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. އިޔާޒްގެ ހޮވުމެއް ގޯސް ނުވާނެކަން އަރްހަމްއަށް ޔަގީނެވެ. ބައްޕަގެ އަތް މައްޗަށް އެކަން ދޫކުރަން އެ ހިތް އެއްބަސްވީ އެ ސަބަބާ ހުރެއެވެ. އެއްވެސް އިރެއްގައި މީހަކާ ރައްޓެހިވެ ކައިވެންޏާ ހިސާބަށް ދިޔުމަކީ އަރްހަމް ކުރަން ބޭނުންވި ކަމެއް ނޫނެވެ. އިޔާޒްގެ އެ އެދުން ގަބޫލު ކުރުމުގައި އަރްހަމް ދެކޮޅު ނުހެދީ އެހެންވެއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅަށް ވާނެކަން އެއީ އޭނާ ގަބޫލު ކުރާ ގޮތެވެ. އަދި ކޮންމެ ކަމެއްވެސް ވާނީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް ފޮރުވިފައިވާތީ ކަން އޭނާއަށް އެނގެއެވެ. އެހެންކަމުން މި ކައިވެނި ކުރުމަކީ ވެސް އޭގެން ހެޔޮ ކަމެއް ލިބިދާނޭ ކަމެއް ކަމުގައި އަރްހަމް ދުށްޓެވެ.

ދެރައީ ކައިވެނީގެ ދުވަސް މިހާ ކައިރިވެެފައި ވީ އިރު ކުޑަ މިނުން ކައިވެނި ކުރެވެން އުޅޭ ކުއްޖާގެ ނަން ވެސް ނޭނގޭތީއެވެ. ނަމަވެސް އަރްހަމްގެ ސިކުނޑީގައި ހިޔާލު ކުރެވެމުން ދިޔައީ ހުރިހާ ގޮތަކުން ވެސް އޭނާގެ ހިތް އެދޭނޭ ފަދަ އަންހެނެކެވެ. އިސްލާމީ ރިވެތި ހެދުމުން ނިވާވެފައިވާ މަލެކެވެ. ލަދުވެތިކަމާއި އިތްފަތްތެރިކަމުން ޒީނަތްތެރިވެފައިވާ ހުލްގު ހެޔޮ ކުއްޖެކެވެ. އެފަދަ ކުއްޖެއް ނޫނީ އިޔާޒް ނުހޮވާނެކަން އަރްހަމްއަށް ޔަގީނެވެ. ހުއްބާއާއި އަމަތު ފަދައިން އެ އަންހެންކުއްޖާ ވެސް ހުންނާނީ މޫނު ބުރުގާ އަޅާފައޭ ހިތަށް އެރުމާއެކު އަރްހަމްގެ ހިޔާލުތައް އިތުރަށް ފުރިހަމަވިއެވެ. އޭނާ ބޭނުންވާފަދަ ސިފަތަކެއް ލިބިފައިވާނަމަ އަރްހަމްގެ އެއްވެސް މައްސަލައެއް ނެތެވެ.

ހިޔާލުތަކުގައި ވަނިކޮށް ވޭން މަޑުކޮށްލިއެވެ. އަރްހަމް ފުން ނަޒަރަކުން ކުރިމަތީ ހުރި ގެއަށް ބަލާލިއެވެ. ބުރި ބުރިއަށް ހިއްލާފައިވާ އެ ގޭގައި ލާފައި ހުރީ މަޑު ބްރައުން ކުލައެކެވެ. ވޭނުން ފޭބުމާއެކު އެންމެން ވެސް ހިނގައިގަތީ އިޔާޒްގެ ފަހަތުންނެވެ. ލިފްޓުން ހަތް ވަނަ ފްލޯރއަށް ފިއްތާލުމާއެކު އަރްހަމް ފިނިވެފައިވާ ދެ އަތްތިލަ ޖީބަށް ޖަހާލިއެވެ.

ލިފްޓުން ނުކުމެ ފެންނަން ހުރި ދޮރުގައި އިޔާޒް ދެތިން ފަހަރު ޓަކި ޖަހާލިއެވެ. އެތެރެއިން ދޮރު ހުޅުވީ ހަރު ވައްތަރު ޖަހާ ފިރިހެނެކެވެ. އަލި މޫނުގައި ވީ ހިތް ހެޔޮ ހިނިތުންވުމެކެވެ. އެ މީހާގެ އިސްތަށިގަނޑުގައި ކަޅު އިސްތަށްޓަށްވުރެ ގިނައީ ނުރައެވެ. ނަމަވެސް އެ މޫނަށް ބަލާފައި އެއީ މާ ދުވަސްވީ މީހެކޭ ބުނެވޭކަށް ނެތެވެ.

އިޔާޒްގެ އާއިލާ އެތެރެއަށް ވަދެ ސޯފާގައި އިށީނދެ ހަމަޖެހިލުމުން ބަދިގެއިން ނުކުތް މެދު އުމުރުގެ އަންހެނަކު ސޯފާތަކުގެ މެދުގައި ހުރި މޭޒު މަތީ ޖޫސް ތަށިތައް އަތުރާލިއެވެ. އަދި ދެތިން ވައްތަރުގެ ހެދިކާ އަޅާފައި ހުރި ތަށިތަކެއް ވެސް ގެނެސް ބެހެއްޓިއެވެ.

އެ ހުރިހާ އިރަކު ވެސް އަރްހަމްއަށް ވަށައިގެން ހޯދެމުން ދިޔައެވެ. ބޭރުން ކުޑަހެން ހީވި ނަމަވެސް އެއީ ބޮޑު އެޕަރޓްމެންޓެއް ނުވަތަ ގެއެކެވެ. ސިޓިންގްރޫމާއި ޖެހިގެން ވަކިން ކާގެ ހުރި އިރު ބަދިގެއަށް ވަދެވެނީ ކާގޭގެ ތެރެއިންނެވެ. ސިޓިންގްރޫމުގައި އެންމެ ކޮޓަރިއެއް ހުރި އިރު ސިޓިންގްރޫމުގެ އެއް ފަރާތުން މައްޗަށް އެރެން ހުރި ސިޑިއެއް ހުއްޓެވެ.

ކުއްލިއަކަށް އަރްހަމް ސިހުނީ ކައިރީގައި އިން ހުއްބާ ކޮށްޓާލުމުންނެވެ. އޭރު އޭނާގެ އަތުގައި އަރްހަމްއަށް ނެގި ޖޫސް ތަށި ހުއްޓެވެ. އަވަސް އަވަހަށް ތަށީގައި ހިފަހައްޓަމުން އަރްހަމް މޫނު މައްޗަށް ހިނިތުންވުމެއް ވެރިކޮށްލީ ނަފްސަށް ވެރިވެފައިވާ ހާސްކަން ކުޑަ ކުރުމަށެވެ.

" ދޮންތައަށް ހީވަނީ މިއީ ހެން އަރޫ މެރީ ކުރަން އުޅޭ ކުއްޖާ". ހުއްބާ ލޮލުގެ އިޝާރާތުން ދައްކާލީ ޖޫސް ގެނެސްދިން އަންހެން މީހާއެވެ. ހުއްބާގެ ލޯ ހަނިވެފައިވީ ގޮތުން އޭނާ އިނީ ނުހަނު ހެވިފައިކަން އަރްހަމްއަށް އެނގެއެވެ. ހުއްބާއަށް ވަކި ޖަވާބެއް ނުދީ އަރްހަމް ބޯ ހޫރާލިއެވެ.

ނަމަވެސް އޭރު އޭނާގެ ހިތް މާޔޫސްވެއްޖެއެވެ. ފަހަރެއްގައި އެއީ ތެދަކަށް ވެސް ވެދާނޭ ހީވިއެވެ. ސަބަބަކީ އެތަނުން އިތުރު އަންހެނެއް ފެންނަން ނެތީތީއެވެ.

" އިޔާޒް. ވަރަށް އުފާވެއްޖެ އަހަރެންގެ އެދުން ގަބޫލުކޮށް އަހަރެންގެ ދަރިފުޅާ އަރްހަމްގެ ކައިވެނި ކުރުމަށް އެއްބަސްވީތީ! ތި ކޮށްދިނީ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ވަރުގެ ހެޔޮ ކަމެއް". އިޔާޒްއާ މުުހާތަބުކޮށް އަރްހަމްގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުރި ސޯފާގައި އިށީނދެ އިން ފިރިހެން މީހާ ބުނެލިއެވެ.

" އެއީ އެވަރުގެ ކަމެއް ނޫން. މި ކައިވެނި ކުރެވުން މިއީ އަހަރެން ވެސް ވަރަށް ބޭނުންވި ކަމެއް. އެ މަންޖެ ފުރަތަމަ ފެނުނު ދުވަހުވެސް ހިތަށް އެރި އަރްހަމްއާ އެކަށޭނޭ އިތުރު ކުއްޖަކު ނުހުންނާނޭ. މާތްﷲގެ އިރާދަފުޅާ އެކު މި ކަން ވެސް ފަހި ވެއްޖެ". އިޔާޒް އިނީ ނުހަނު ހެވިފައެވެ.

އެވަގުތު އެ ފިރިހެންމީހާ އޭނާއާއި ޖެހިގެން އިން އަންހެންމީހާ ކައިރީ އެއްޗެކޭ ބުނެލިއެވެ. އެއާއެކު އޭޏާ ބޯ ޖަހާލުމަށްފަހު ތެދުވިއެވެ. އަދި މައްޗަށް އެރެން ހުރި ސިޑިން ގޮސް އެރުމާއެކު އަނެއްކާވެސް ފިރިހެންމީހާ ވާހަކަ ދައްކަން ފެށިއެވެ.

" އެ ދިޔައީ ދަރިފުޅު ބަލާ. ލަސްވީތީ އަހަރެން މާފަށް އެދެން". އޭނާ ބުނެލިއެވެ. އެވަގުތު އިޔާޒް އެއީ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ.

އިސްޖަހައިގެން އިން އަރްހަމް ދިޔައީ އެތަނުގައި ދެކެވެމުން ދިޔަ ވާހަކަތައް ކަނުލައި އަޑު އަހަމުންނެވެ. ކުޑަ ހިނިތުންވުމެއް އެ މޫނަށް ވެރިވެފައިވީ ހުއްބާ ބުނިހެން ކަންތައް ނުވުމުންނެވެ. އެ އަންހެންމީހާ އޭނާގެ ވާން އުޅޭ އަންހެނުންނަށް ނުވި ކަމީ ނަސީބެކޭ ހިތަށް އެރިއެވެ.

އެވަގުތު އަނެއްކާ ވެސް ހުއްބާ ކޮއްޓާލައިފިއެވެ. އަރްހަމް ބަލާލުމާއެކު ލޮލުން އިޝާރާތެއް ކޮށްލިއެވެ. ހުއްބާ ބުނި ދިމާލަށް ބަލައިލެވުމާއެކު ކުއްލިއަކަށް އަރްހަމްއަށް ކެއްސައިގަނެވުނެވެ. ބޯން އިން ޖޫސް ތަށި އަވަސް އަވަހަށް ދުރަށް ޖައްސާލި ނަމަވެސް ނޯށަށް އަރައިފިއެވެ. ލޮލުން ފެން އައިސް ކޮޅަށް ތެދުވެވުނު އިރު ވެސް ލިބިފައިވި ސިހުން ފިލައި ނުދިޔައެވެ.

= ނުނިމޭ =

  1. ހައްހާ..ނިމޭ ތަންކޮޅު ވ މަޖާ. ވވ ރީތި ވާހަކައެއް. ދީނީ ގޮތް ހުންނާތީ އެންމެ ކަމުދަނީ..މި ނޫހުގަ ގެނެސްދޭ ހުރިހާ ވާހަކައެއްވެސް ވ ރީތި.

  2. ޏސަނ

    ލިޒް ދޯ؟

    • ޔޫޔޫ

      ލިޒް އަށް ވެއްޖެނަމަ ހުންނާނެ ފޯރި. އެ ސޮރު ހިޔާލުގަ ކުރަހާފަ ހުރި ކަހަލަ އަންހެނެއް ނޫން ލިޒް އަކީ. މިހާރު ވެސް އެބަ ހެވޭ އަރްހަމް އަށް ވާނެ ގޮތް ހިތަށް އަރާފަ.