ޚަބަރު ސިޔާސީ

ޖަމްޢިއްޔަތުއްސަލަފަކީ ސިޔާސީ ޕާޓީއެއް: މަހްލޫފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖަމްޢިއްޔަތުއްސަލަފަކީ ސިޔާސީ ޕާޓީއެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޔޯގާގެ މައްސަލައިގައި ދީނީ ޢިލްމުވެރިންނާއި ސިޔާސީ ލީޑަރުން ޚިޔާލުތަފާތުވެފައިވާއިރު, ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބާޤިރު ވަނީ ބުދު ދީނުގެ ފާދިރީންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަކަމަށް ވިދާޅުވެ ބަޔާނެއް ޢާންމު ކުރައްވައިފައެވެ.

އެއަށް ރައްދު ދެއްވަމުން މަހްލޫފް ވަނީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޔޯގާ ޑޭ ފާހަގަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޓުވިޓާގައި ހިއްސާ ކުރައްވައިފައެވެ.

ވިދާޅުވީ ދީނުގެ ފާދިރީންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަކަމަށް މި ވިދާޅުވަނީ 2015 - 2018 އަށް ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން ދިޔައިރު ހުންނެވި އިސްލާމިކް މިނިސްޓަރު ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ޕީޕީއެމްއާއި, ޢަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް ކަމަށާއި ދައްކާނީ ސިޔާސީ ވާހަކަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!