ދެ ކިޑްނީ ފެއިލްވެގެން ފިނޭންސްގައި މަސައްކަތް ކުރަމުންދިޔަ މުޖުތަބާ ކުއްްލި ގޮތަކަށް ނިޔާވެއްޖެ

ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މުޖުތަބާ ކުއްލިގޮތަކަށް ނިޔާވީ އޭނަގެ ރަށުގައި އާއިލާ ކައިރީގައި އުޅެނިކޮށް ކުއްލިގޮތަކަށް ދެ ކިޑްނީ ފެއިލް ވެގެންނެވެ.
އޭނާ ވަނީ ރަށުގައި ހުއްޓާ ބަނޑުގައި ރިއްސާތީ ތިނަދޫ ހޮސްޕިޓަލަށް ދައްކާފައިވެއެވެ. އަދި ތިނަދޫ ހޮސްޕިޓަލަށް ދައްކުމުން ކިޑްނީ ފެއިލްވެފައިވާ ކަމަށް ހޮސްޕިޓަކުން ބުނެފައިވެއެވެ.
މުޖުތަބާ މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްކަމަށް ވަނީ މައުލުމާތު ލިބިފައެވެ.
ހަތަރު ކުދިންގެ ބައްޕައެއް ކަމަަށްވާ މުޖުތަބާ ނިޔާވިއިރު އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑް އޮފް ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާޓްމަންޓުގައެވެ.






ކޮމެންޓް