Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ނަޝީދު ފައްޔާޒަށް؛ ބެހޭނީ ފެންވަރުގެ ކަންކަމާ!

ރައީސް ނަޝީދު ފައްޔާޒަށް؛ ބެހޭނީ ފެންވަރުގެ ކަންކަމާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، އެ ޕާޓީގެ ޗެއަރޕާސަން، އިކޮނިމިކް މިނިސްޓަރު ފައްޔާޒް ހުސެއިން ރައްދު ދެއްވުމުން، ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ހިނގި ޒުވާބެއްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ނަސޭހަތް ދޭން ފައްޔާޒަށް ނުޖެހޭނެ ކަމަށާއި ފައްޔާޒްގެ ފެންވަރުގެ ކަންކަމާ ބެހެން ފެންނަ ކަމަށެވެ.

ނަޝީދު ފައްޔާޒަށް ކޯފާ އިސްކުރެއްވީ، ރައީސް ނަޝީދުގެ ތުހުމަތުތަކާއި ގުޅިގެން، އެމްޑީޕީގެ ގްރޫޕަށް އެ މެސެޖް ފޮނުވުމުގެ ބަދަލުގައި ކަމާ ގުޅޭ އިދާރާތަކުގައި މި ވާހަކަ ހިއްސާ ކުރުމަށް އެދުމުންނެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ކޮއްކޮ ނާޒިމަށް ކުރެވޭ ތުހުމަތުތަކުގެ ވަށައިގެންވާ ހިތާމަވެރި ހާލަތްތަކާ ގުޅިގެން އެންމެންވެސް ދެރަވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިހުސާސްތައް ފަހުމުވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ވަޓްސްއަޕް ގުރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ.

ފައްޔާޒަށް ރައްދު ދެއްވަމުން ރައީސް ނަޝީދުވަނީ ދައްކަވަނީ އަސާސެތް ނެތް ވާހަކަފުުޅެއްތޯ ބައްލަވަން ބޭނުންފުޅުތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ، އެކަމަށް ޝައުގެއް ނެތް ކަމަށާއި ނަމަވެސް ރާއްޖޭގެ ރައީސް އަދި ޕާޓީގެ ލީޑަރާއި ގުޅޭގޮތުން އެފަދަ ވާހަކަފުޅެއް ދައްކަވަން ޖާގަ ނުދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް