ދުނިޔެ

ޗައިނާގެ އަސްކަރީ މަނަވަރު ލަންކާއަށް ކުރާ ދަތުުރު ޗައިނާއިން ދިފާއުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ ބަނދަރަކަށް ޗައިނާގެ އަސްކަރީ ބޯޓަކުން ދަތުރުކުރަން ރާވާފައިވާތީ ނިއުދިއްލީން ކަންބޮޑުވުން ފާޅުކުރުމުން އެ ދަތުރު ޗައިނާއިން ދިފާއުކޮށްފިއެވެ.

Ads by WAMCO

ރޮއިޓާސްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ ބެއިޖިން އަކީ އަބަދުވެސް ކަނޑުގެ މިނިވަންކަން ގާނޫނީ ހަމަތަކުގެ މަތިން ބޭނުން ކުރަމުން އަންނަ ޤައުމެއް ކަމަށެެ..

"ޗައިނާ އިން އުންމީދު ކުރަނީ ކަމާބެހޭ ފަރާތްތަކުން ޗައިނާގެ ކަނޑުގެ ސައިންޓިފިކް ރިސާޗް ހަރަކާތްތައް ރަނގަޅަށް ބަލައި ރިޕޯޓްކޮށް، ޗައިނާ ޤާނޫނީ އިމުގެ ތެރެއިން މި ހިންގާ ކަނޑުގެ ހަރަކާތްތަކަށް ހުރަސް އެޅުމުން ދުރުހެލިވާނެ ކަމަށް،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ޔުއާން ވަންގް 5 ގެ ނަން ދީފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދެއް މިހާރު ދަނީ ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރާ ދިމާލަށް ދަތުރު ކުރަމުންނެވެ. އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ހަމްބަންޓޯޓާގައި ބަނދަރު ކުރުމަށްފަހު، އިންޑިޔާ ކަނޑު ހުޅަނގާއި އިރުމަތީގެ ބައެއް ސަރަޙައްދުގައި ދިރާސާތަކެއް އުޅަނދުން ހަދާނެ ކަމުގައި ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް ސްރީލަންކާއިން ބުނެފައިވެއެވެ.

ޗައިނާއިން ބިނާކޮށްފައިވާ ހަމްބަންޓޯޓާގެ ބަނދަރުގައި އަސްކަރީ މަރުކަޒެއްގެ ގޮތުގައި ޗައިނާއިން ބޭނުން ކުރާނެތީ އިންޑިއާ އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 1.5 ބިލިއަން ޑޮލަރުގެ މި ބަނދަރު އޮންނަނީ އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ މައި ބޯޓު ދަތުރުކުރާ މަގު ކައިރީގައެވެ.

ބޭރުގެ ސެކިއުރިޓީ އެނަލިސްޓުން ސިފަކުރާ ގޮތުގައި ޔުއާން ވަންގް 5 އަކީ ޗައިނާގެ އެންމެ ފަހުގެ ޖައްވީ ޓްރެކިން ބޯޓުތަކުގެ ތެރެއިން އެއް ބޯޓު ކަމަށާއި، މިއީ ސެޓެލައިޓާއި ރޮކެޓް އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފޮނުވާލުންތައް މޮނިޓަރ ކުރުމަށް ބޭނުންކުރާ ބޯޓެކެވެ.

ޗައިނާގެ އަސްކަރީ ޒަމާނީ ކުރުމާ ބެހޭ ގޮތުން ޕެންޓަގަންގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ޔުއާން ވަންގް ބޯޓުތައް އޮޕަރޭޓް ކުރަނީ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ސްޓްރެޓެޖިކް ސަޕޯޓް ފޯސް އިން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!