ޚަބަރު

ރޮޒައިނާގެ ޓްވިޓަރ ހޭންޑަލް ހެކްކޮށްފި، ވިދާޅުވީ ބޭނުންފުޅުވާ އެއްޗެއް ބުނުއްވާނެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ޓްވިޓަރ ހޭންޑަލް ހެކްކޮށްފިއެވެ.

Ads by Sosun Fihaara

އެކައުންޓް ހެކްކޮށް، އެކައުންޓަށް ނުވަދެވޭ ގޮތް ހަދާފައިވާކަން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވީ، ރޭ ދަންވަރު 2 ޖެހިއިރުންސުރެ އެކައުންޓަށް ލޮގް ނުވެވޭ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑު ކޮށްފައި ހުރި ޕޯސްޓްތަކުގެ އިތުރުން ޕޯސްޓެއް ކޮށްފައެއް ނުވޭ" ރޮޒައިނާ ފޭސްބުކްގައި ލިޔުއްވިއެވެ.

ވެރިފައި ވެސް ކޮށްފައިވާ ރޮޒައިނާގެ ޓްވިޓަރ ހޭންޑަލް އިން އެންމެ ފަހުން ޓްވީޓްކޮށްފައިވަނީ، "ދެން" އިން ގެނެސްދީފައިވާ އެކަމަނާގެ ޓްވީޓެކެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، އެކައުންޓް ހެކް ކުރިޔަސް ބުނަން ބޭނުންވާ އެއްވެއް ބުނުއްވާނެ ކަމަށާއި ކުރަން ބޭނުންވާ ކަމެއް ކުރައްވާނެ ކަމަށެވެ.

ރޮޒައިނާގެ އެކައުންޓް ހެކްކޮށްފައިވަނީ، ރައީސް ނަޝީދާއި ވަރަށް ބޮޑު ޒުވާބެއް ރޭ ކުރައްވާފައިވަނިކޮށެވެ. ރައީސް ނަޝީދާހުރެ އެމްޑީޕީގެ ނަން ހަޑިވެފައިވާ ކަމަށް ބުނެ ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ފާޑު  ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!