ދުނިޔެ

އިންޑިއާއިން ތަމްރީނު ވެގެން އައި ސިފައިންނަށް ތާލިބާނުން މަރުޙަބާ ކީ ރަތް ދޫލައިގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ތަމްރީނު ވެގެން އައި އަފްގާނިސްތާނުގެ ސިފައިންނަށް، އެ ޤައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

Ads by WAMCO

މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވީ، ތާލިބާނުންގެ މި ނިންމުމަކީ އިންޑިއާއެކު ތާލިބާނުންގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ކަމަށެވެ.

އިންޑިއާއިން ތަމްރީންވި 25 ސިފައިންނަކީ އަފްގާނިސްތާނުގެ ވެރިކަން ތާލިބާނުން ހޯދުމުގެ ކުރިން އެ ޤައުމުން ފޮނުވި ސިފައިންކަން ފާހަގަކޮށްލެވެއެވެ. އެ މީހުން ތަމްރީންވަމުން ދިޔައީ ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރާށެވެ.

އަފްގާނިސްތާނުގެ ޑިފެންސުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކާބުލްގައި ހުންނަ އިންޑިއާ އެންބަސީގެ އެހީތެރިކަމާއެކު ތަމްރީންވި ސިފައިންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ފަރާތްތަކަށް ދެވުނު ކަމަށެވެ. އަދި އެ މީހުންނަށް އަފްގާނުގައި ވަޒީފާ ދޭނެ ކަމުގެ ޔަޤީންކަން ތާލިބާނުގެ ސަރުކާރުން ވަނީ އަރުވާފައެވެ.

ތާލިބާނުން ވެރިކަމާ ހަވާލުވުމާއެކު، ކުރިން އެ ޤައުމުގައި އޮތް އަސްކަރިއްޔާ ވަނީ އުވިފައެވެ. މަޤާމުތަކާއި ތާލިބާނުން ހަވާލުވެ، ޤައުމު ކުރިޔަށް ގެންދިއުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާއިން ތަމްރީންވެގެން ދިޔަ ސިފައިންނަށް ޤައުމުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މަޤާމުތައް ދޭނެ ކަމަށް ރިޕޯޓްތައް ބުނެވެ.

ވެރިކަން ބަދަލުވިއިރު އިންޑިއާގައި އަފްގާނިސްތާނުގެ 80 ސިފައިންގެ މީހަކު ދިޔައީ ތަމްރީނުވަމުންނެވެ. ތާލިބާނުންގެ ބިރަށް ގިނަ ބަޔަކު އިންޑިއާގެ ރެފިއުޖީކަން ވަނީ ހޯދާފައެވެ. ޔޫރަޕާއި އެމެރިކާގައި ތަމްރީންވަމުން ދިޔަ ސިފައިން ވެސް ވަނީ ތާލިބާނުންގެ ބިރަށް އެ ޤައުމުތަކުގައި ރެފިއުޖު ހޯދާފައެވެ.

އިންޑިއާއިން ތަމްރީން ވެގެންދާ ސިފައިންނަށް ތާލިބާނުން ޖާގަ ދީފިނަމަ، މި ފަރާތްތައް އަނބުރާ ޤައުމަށް ދާން އިތުރު ބާރަކަށް ވެގެންދާނެއެވެ.

Ads by HDC
  1. ސަންފަ

    ދުނިޔޭގެ ލޮލުގަ އަނދުން އަޅުވަން ޜަތް ދޫލައިގެ މަރުހަބާ ކިޔާފަ ގެންގޮސް މަރާލަވެސް ފާނެ ކޮން ބައެއް އެއީ