ޚަބަރު ސިޔާސީ

ނަރީޝް, ނާޒިމަށް: މިނިވަންކަން ވިއްކައިލަން ސޯފާ އެގްރިމަންޓުގަ ސޮއިނުކުރެވިގެން ހޭބަލިވީ ހަނދާން އެބަހުރިތަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އެމެރިކާއަށް ވިއްކައިލަން ''ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ)'' ގައި ސޮއިނުކުރެވިގެން ''ހޭބަލި ވީ'' ހަނދާން އެބަހުރިތޯ ސުވާލު ކުރައްވައި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް, ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމަށް) ހޫނު ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

ނަރީޝް ރައްދުދެއްވީ, މި ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ނާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ނަރީޝް ވިދާޅުވީ ނާޒިމް, ރާއްޖޭގެ ވެރިކަން ކުރާނެ ދުވަހެއް ހަޔާތުގަ ވެސް ނާންނާނެ ކަމަށާއި އެކަމާ އުޅޭނެކަމެއް ނެތް ކަމަށެވެ.

''ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އެމެރިކާއަށް ވިއްކައިލަން ސޯފާ އެގްރިމަންޓުގަ ސައިން ނުކުރެވިގެން ހޭބަލިވީ ހަނދާން އެބަހުރިތޯ. ރާއްޖޭގެ ވެރިކަން ނާޒިމް ކުރާނެ ދުވަހެއް ހަޔާތުގަ ވެސް ނާންނާނެ. އެކަމާ އުޅޭނެކަމެއް ނެތް. ހަތިޔާރު ވިއްކޭތޯ އުޅޭ ގޮތަބަޔާ އެކީގަ.'' އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ނާޒިމަށް ރައްދު ދެއްވައި ނަރީޝް ކުރެއްވި ޓުވީޓުގައިވެއެވެ.

ރާއްޖެއާއެކު އެމެރިކާއިން ސޮއިކުރުމަށް ހުށަހެޅި ''ސޯފާ'' އެގްރިމަންޓުގެ ކޮޕީއެއްކަމަށް ބުނާ ލިޔުމެއް އާންމުވީ 2013 ގައެވެ. އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުން އެމެރިކާއިން ހުށަހެޅި ކަންކަމުގެތެރޭގައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ބޯޓުތައް ބޭނުންކޮށްގެން އޮޕަރޭޓްކުރުމުގެ ހުއްދަދިނުން ހިމެނެއެވެ.

ނަމަވެސް ލީކުކޮށްލި އެގްރިމަންޓަކީ އަސްލު އެގްރިމަންޓާ ޚިލާފު, އަދި އެއަށް ބަދަލުތަކެއް ގެނެސްފައިވާ އެގްރިމަންޓެއްކަމަށް ނާޒިމް އޭރު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެމެރިކާއަށް ދިނުމަށް ނިންމާފައިނުވާނެ ކަމަށާއި ރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަންގެއްލޭފަދަ އެއްވެސް އެގްރިމަންޓެއްގައި ސަރުކާރުން ސޮއިނުކުރާނެކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ސޯފާ އެގްރިމަންޓާ ގުޅިގެން 2013 ވަނަ އަހަރު ޖޫންމަހުގައި އޭރުގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ވިދާޅުވެފައިވަނީ ސޯފާ އެގްރިމަންޓާ ބެހޭގޮތުން އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް ހުށަހެޅި ޑްރާފްޓް ބެއްލެވިއިރުގައި އެ ޑްރާފްޓަކީ އޭރު އޮތް ގޮތުން ދިވެހި ސަރުކާރަށް ސޮއިކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

''އެ ބޭފުޅުން އެކަން ކުރައްވަން ގަސްދު ކުރެއްވީ ރާއްޖެއަކީ ހަމަ މި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އާދަކޮށް އެމެރިކާގެ ސިފައިން އައިސް ރާއްޖޭގެ ސިފައިން ތަމްރީނުކޮށްދިނުމާއި، ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށްދިނުމަށްޓަކައި ކޯސްޓްގާޑާއެކީ މަސައްކަތް ކުރުމާ، މިހެންހުރި ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ބަޔަކަށްވާތީ، އެ ކަންކަމާބެހޭ އެއްވެސް ކަހަލަ އެގްރީމަންޓެއް ރާއްޖެއާ ކުރެވިފައި ނެތީމާ، އެ ބޭފުޅުން އެގްރީމަންޓެއް ކުރައްވަން ގަސްދު ކުރައްވައިގެން އުޅުއްވަނީ. ދެން ވާނެގޮތަކީ ކޮންމެ ބަޔަކުވެސް އެބަޔަކު ހުށަހަޅާ އެއްޗެއްގައި، އެ މީހުން ބޭނުންވާ ހުރިހާ ކަމެއް ހިމަނާނެ. އެއީ ކޮންމެހެން އަޅުގަނޑުމެންނަށް ގަބޫލުކުރަންޖެހޭ ކަންކަމެއް ނޫން. އެހެންވީމާ، މި ވަގުތު އަދި އެ އެގްރީމަންޓައިގެން ކުރިއަށްދާކަށް އަޅުގަނޑުމެން ގަސްދުކޮށްފައެއް ނެތް. އަދި އެކަމާބެހޭ ވާހަކަތަކެއް އެމެރިކާއާއެކީ ނުވެސް ދެކެވޭ.'' ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވަޙީދު އޭރު ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ވިދާޅުވީ އެ އެއްބަސްވުމާމެދު ކުރިން މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް އެކަމައިގެން އިތުރަށް ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

  1. ނަމޫނާ މޭޔަރު

    މާތްކަލާކޮ! ތިނޫން ް ބަހުރުވަޔަކުންވެސް ތިވާހަކަބު ނެވޭނެދޯ؟ ހާދަ ލަދުކުޑައޭދޯ؟ ޑެޕިއުޓީ މޭޔަރެކޯލަ. ބޯހަލާކު.

    • ޢަލީ

      އެެއީ އެސޮރުގެ ގޮތް
      އެސޮރު ހޮވި މީހުންގެ ވައްތަރު

    • ވަޙީދުބެ

      މިހާރު ބޮޑަތި މަޤާމްތަކުގައި މިތިއްބެވި ވަޒީރުންނާ ރައީސުންގެ ބަހުރުވައާ ކުރާކަންތައް ރީތިތޯ؟

  2. އިއްސެ

    މީވަރަށ ގޮތެއ ފޮތެއ އަޚުލާގެއ ނެތ އާދަމުގ ދަރިއެއ ސިފައިންގޭގަވެސ އުޅުނ މިވައްތަރަށ

  3. އަލިހޮއްކޮ

    ޔާމީނުގެ ދިފާއުގައި އަބަދުވެސް މިތިބެނީ ޖާހިލު، ވަކަރުގޭ ކުދިންނެވެ. އެއްވެސް އަޚްލާގެއް އިލްމެއް ހުރި މީހަކު އެތާކު ގޮތްކިޔާކަށް ނުތިބޭނެއެވެ. އަދުރޭއިން ފެށިގެން ވަކިވަކިން ބަލާބަލާށެވެ.

  4. ަހަސަން

    ނަރުކެޑި ކަލޭމެން ވެރިކަމާ ހެދި ހޭބަލި ތިވަނީ ރަގަޅައްވެސް މޮޔަ ވެފަ ތިތިބީ ދެން ހޭބަލިވޭ

  5. އޭގަ ހަޑިހުތުރުބަހެން ނެތެއްނު ލަދުކުޑަ އެއީ މާހަޑިބަހެންނު

  6. ސަރޭ

    ބާގީ ނާޒިމް ވަތަނީ މީހަކަށް ވާނީ ކިހިނެއް؟ ސޯފާ އެގްރިމަންޓް އެމެރިކާ އެކު ހެދުމުން އެމެރިކާގެ ސިއްރު އެޖެންޓުން އައިސް އެއަރޕޯޓުން ރަޝިޔާ މީހަކު އުފުރާލައިގެން ގެން ދިޔައީ. ސިފައިންގެ ކުދިންނަކަށް ނޭގޭނެ ދުނިޔޭގެ ޕޮލިޓިކްސް އާ އިގްރިސާދީ ކަންކަމެއް. ވެރިޔާ އަމުރު ކުރީމަ ބަޑިޖަހަން ބަޑި ހިފައިގެން ތިބުން އެއީ ރިޔާޒާ ނާޒިމްމެންގެ ފެންވަރަކީ. ރޔ އިލްމީ ގޮތުންނާއި ވަތަނީގޮތުން ބެއްޔަސް ތި ދެމީހުނާ 2000 އަހަރުގެ ތަފާތު އެބަހުރި ވެތިކަމަށް ތި ފައި ނަގަނީ. ގިރި އަކީވެސް މި 2 މީހުންގެ އުފެއްދުމެކޯ. ބްލެކްމެއިލްކޮށްގެން ވެރިކަމަށް އަންނަން ޖެހި މަޅިއެކޯ އެބަ ކިޔާ..