ޙުސައިން, ނާޒިމަށް: ރައީސް ޔާމިން ހޯއްދެވީ ''ރައްޔިތުންގެ ލޯބި'', އެކަމަށް ބިމާއި ފަޒާ ވެސް ހެކިވޭ
ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ހޯއްދެވީ ''ނިކަމެތި ރައްޔިތުންގެ ލޯބި'' ކަމަށާއި ދިވެހިން އަދިވެސް ބޭނުންވަނީ އެ މަނިކުފާނުގެ ޒަޢާމަތެއްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ލަޠީފް މިހެން ވިދާޅުވީ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް) ރައްދެއް ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ކުރީގެ ރައީސް ޔާމިންކަމަށް ނާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައި ޙުސައިން ވިދާޅުވީ ރައީސް ޔާމިން ހޯއްދެވީ ''ނިކަމެތި ރައްޔިތުންގެ ލޯބި'' ކަމަށެވެ. އަދި މިއަދު އެ ރައްޔިތުންނަށްޓަކާ ދިވެހި ބިމާއި ޖައްވާއި ފަޒާާ ވެސް އެކަމަށް ހެކިދޭކަމަށް ޙުސައިން ވިދާޅުވިއެވެ.
ޙުސައިން ވިދާޅުވީ ދިވެހިން އަދިވެސް ބޭނުންވަނީ އެ މަނިކުފާނުގެ ޒަޢާމަތެއްކަމަށެވެ. އަދި އޭގެ ސަބަބުތައް އަންނަ ރިޔާސީ އިންތިޚާބުގައި ފެންނާނެކަމަށް ވެސް ޙުސައިން ވިދާޅުވިއެވެ.
ރައްޔިތުންގެ ލޯބި ދުސްމަންކަމަށް ބަދަލުވެ ރައްތެހިން ހަތުރުންނަށްހަދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަވާ ޔާމީނުގެ ދުސްމަނުންނަށް ބަދަލު ކުރީމަ ވޯޓްދޭ އަންނާނީ މަލިކުމީހުންތަ؟ ސިޔާސީމީހަކަށް ވެވެނީ ތިމާގެ ދުސްމަނާގެ ވޯޓްވެސް ހޯދޭނެގޮތް އެގިގެން. މައްސަލަޖެހުނު މަޖިލިސް މެމްބަުންވެސް ބައްދަލުކުރަން ދިޔައީމަ ބައްދަލުނުކުރި އެމީހުނަށްވެސް ބަހުގެ ހަމަލާދިނީ. މިދަ މީހުނަށް ސިޔާސީ މީހންނެކޭ ނުކިޔޭނެ. ޕީޕިއެމަށް 2023 ވެސް ގެއްލުވާފަ ޔާމީނުގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނީ.
ޔާމީން ދެކެ ކަލޭ ލޯބި ވެގެން ތިއުޅެނީ
ބިމާ ފަޒާ ހެކިވިޔަސް ރައްޔިތުން ހެއްކެއް ނުވެއެވެ.
ތިބުނާޔާމީން ހޯދީ ތިހުސޭނުގެ ލޯބި